ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޑރ. ޝާހް މާހިރު ޢައްޔަނުކުރެއްވީ 15 ޑިސެމްބަރު 2023 ގައެވެ. އޭނާ އަކީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖުމްހޫރީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެވެ.
އިނގިރޭސިވިލާތުން މަތީތައުލީމާއި އެމްބީބީއެސް ފުރިހަމަކުރެއްވި ޑރ. ޝާހް ވަނީ އެ ގައުމުގެ ލަންޑަންގެ އެކި ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސަންސް ވެސް އޮންނަ ޝާހްގެ ބައެއް ލިޔުންތައް މެޑިކަލް ޖާނަލްތަކުގައި ވެސް ޝާއިއުކޮށްފަވެއެވެ.
ބޭހާއި، މެޑިކަލް ސާމާނު ގަނޑުކޮށް ގަތުމަށް ކުންފުންޏެއް އުފައްދަވައިފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މަގާމަށް ޑރ. ޝާހް މާހިރު ޢައްޔަނުކޮށްފައިވާކަން ހާމަކޮށްފައެވެ. ޝާހްގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ވަނީ ދެ ބޭފުޅަކު މިއަދު ޢައްޔަނުކުރަށްވާފައެވެ. އެއީ، މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދާއި ފްލެޓް ނަމްބަރު 1-3-10، ޝިބާނާ އަބްދުﷲ ދީދީ އެވެ.
9 ސެޕްޓެމްބަރު 2025ގައި އުފެއްދި މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަތުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރުމެވެ. މީގެ އިތުރުން، މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމަށްވެސް މި ކުންފުނީގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ސަރުކާރު ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!