މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,961 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ވާރޭ ނުވެހޭތީ ޔޫއޭއީގައި އިސްތިސްގާ ނަމާދުކޮށްފި
International

ވާރޭ ނުވެހޭތީ ޔޫއޭއީގައި އިސްތިސްގާ ނަމާދުކޮށްފި

އެކުވެރި އަރަބި ޢިމާރާތް، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން އެ ގައުމުގައި އިއްޔެ އިސްތިސްގާ ނަމާދުކޮށްފިއެވެ. ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަހްޔާން ވަނީ އޮކްޓޯބަރު 17 ވަނަ ދުވަހުގެ ހުކުރު ނަމާދުގެ ނުވަދިހަ މިނެޓު ކުރިން، ޤައުމުގެ ހުރިހާ މިސްކިތްތަކެއްގައި ވާރޭވެހުމަށް އެދި އިސްތިސްޤާ ނަމާދު ކުރުމަށް އަމުރުކުރައްވާފައެވެ. ޔޫއޭއީގެ ރައީސް ނެރުއްވި އަމުރުފުޅުގައި ވަނީ ސުންނަތުގެ މަގުން، ﷲ އަށް ކުރިމަތިލައި، އެއިލާހަށް […]

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ ގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ. މުބާރާތުގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ މުބާރާތުގެ ފަހުގެ ތައްޔާރީތައް ކަމަށެވެ. މިގޮތުން އުތީމު މި މުބާރާތް ކުޅުމަށް […]

ސެޕްޓެމްބަރު މަހު އަތޮޅުތަކުގައި 960 ޕާސްޕޯޓު ހައްދައިދިން
Raajje

ސެޕްޓެމްބަރު މަހު އަތޮޅުތަކުގައި 960 ޕާސްޕޯޓު ހައްދައިދިން

މިދިޔަ ސެޕްޓެމްބަރު މޯލްޑިވްސް އިމިގްރޭޝަނުން 3884 ޕާސްޕޯޓު ހަދައިދީފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުން އެނގޭގޮތުގައި މީގެ ތެރެއިން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން 960 ޕާސްޕޯޓު ވަނީ ހަދައިދީފައެވެ. އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ 18 އޮފީހަކުން ޕާސްޕޯޓު ދޫކޮށްފައިވާއިރު މީގެ ތެރެއިން މިދިޔަ މަހު އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައި ވަނީ އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ އިމިގްރޭޝަން އޮފީހުންނ...

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެ
Raajje

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެ

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައިމިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިހާރު ވަނީ ނިއްވާލަފައެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓްގައެވެ. މި ހާދިސާގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:49 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައ...

ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހުސްވިޔަނުދީ ލިބޭނޭ އިންތިޒާމެއް ހަމަޖައްސައިދޭނަން: ނޭކުރެންދޫ ކައުންސިލް
Raajje

ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހުސްވިޔަނުދީ ލިބޭނޭ އިންތިޒާމެއް ހަމަޖައްސައިދޭނަން: ނޭކުރެންދޫ ކައުންސިލް

ހދ. ނޭކުރެންދޫއަށް ނިސްބަތްވާ ނަސްރު ބޯޓަށް ދިޔަވެ އިއްޔެ އަޑިޔަ ހާދިސާގައި އެ ބޯޓުން ނޭކުރެންދޫ އަށް ގެންދިޔަ ހުރީ މުދާވެސް ގެއްލިގެން ގޮސްފައިވާއިރު، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ޒަރޫރީ ތަކެތި ހުސްވިޔަނުދީ ލިބޭނޭ އިންތިޒާމެއް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފިއެވެ. އެ ކައުންސިލުން މިއަދު ބުނީ ނަސްރު ބޯޓް އަޑިޔަށްދިޔަ ހާދިސާގައި ބޯޓްގެ ވެެރިފަރާތަށާއި ވިޔަފާރިވެެރިންގެ އިތުރުން އާއްމު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ގެއްލުމުގައި އެ ކައުންސިލުން ބައ...

ފުނަދޫގެ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވަނީ ސާބިތުކޮށްދީފައި: މަމްދޫހް
Thiladhunmathi News

ފުނަދޫގެ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވަނީ ސާބިތުކޮށްދީފައި: މަމްދޫހް

މި ސަރުކާރަށް ފުނަދޫގެ ރައްޔިތުންގެ ތާއީދު އޮތްކަން އެ ރަށްޔިތުން ވަނީ ސާބިތުކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހު 15 ވަނަ ދުވަހު (ބުދަ) ފުނަދޫ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅާއި ގުޅުވައި މެމްބަރު މަމްދޫހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު […]

''ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލު''
Column

''ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލު''

الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި ހަނދާންކޮށްދީފަވެއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދެމުން މި ހުތުބާގައި ވަނީ ނަމާދަކީ ދީނުގެ ތަނބުކަން ހަނދާނ...

"ރެޕިޑް ޗެސް ޗެލެންޖް : ކެޑޭޓް ޑިވިޝަން" އަންނަމަހު ހުޅުމާލޭގައި
Sports

"ރެޕިޑް ޗެސް ޗެލެންޖް : ކެޑޭޓް ޑިވިޝަން" އަންނަމަހު ހުޅުމާލޭގައި

“ރެޕިޑް ޗެސް ޗެލެންޖް : ކެޑޭޓް ޑިވިޝަން” އަންނަމަހު 13 އިން 15 އަށް ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ ޖީނިއަސް ޗެސް އެކަޑެމީ އަދި މޯލްޑިވްސް ޗެސް ކުލަބް ގުޅިގެން ބާއްވާ މުބާރާތެެކެވެ. މި ރާޒުވާ މުބާރާތަކީ ދެ ކުލަބެއް ގުޅިގެން ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ރެޕިޑް މުބާރާތެވެ. ފީޑޭ ރޫލްސް އޮފް ޗެސް ގެ ޤަވައިދަށް ކުޅޭ މި މުބާރާތް އިންތިޒާމް ކުރާ ޖީނިއަސް ޗެސް އެކަޑެމީގެ ޖީ.އެސް ހުސެއިން ރަޝީދު […]

މާއުނގޫދޫގައި ހަ މަޝްރޫޢެއް ކުރިއަށް ދާނެކަމުގެ ޔަގީންކަން
Raajje

މާއުނގޫދޫގައި ހަ މަޝްރޫޢެއް ކުރިއަށް ދާނެކަމުގެ ޔަގީންކަން

ށ. މާއުނގޫދޫގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ހަ މަޝްރޫޢެއް ވިއްސާރައިގެ ސަބަބުން ނުފެށުނު ނަމަވެސް އެ މަޝްރޫޢުތައް ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު ހޯމަ ދުވަހު ށ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މާއުނގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު މޫސުން ތަންނުދިނުމުގެ ސަބަބުން އެރަށުގައި މިއަދު ފަށަން ނިންމާފައިވާ އެއ...

ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ މީހަކު ހަނިމާދޫން ހައްޔަރުކޮށްފި
Thiladhunmathi News

ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ މީހަކު ހަނިމާދޫން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހދ. ހަނިމާދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) އެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އަޒްމީ ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 އޮކްޓޯބަރ 15 ވަނަ ދުވަހު ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަޒުމީ ހައްޔަރުކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެ...

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ
Raajje

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ “ނަސްރު ބޯޓު” ދިޔަވެ އަޑިއަށް ހިނގައްޖެއެވެ. މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ މިއަދު މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ […]

ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ
Raajje

ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ދެވަނަ މީހާ ކަނޑު އަޑިން ފެނިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ދެވަނަ މީހާ ވަނީ 15:45 ހާއިރު ކަނޑު އަޑިން ސިފައިންގެ ޑައިވަރުން ނަށް ފެނިފައެވެ. އެމީހާ ވެސް ފެނުނީ ނިޔާވެފައި އޮއްވައެވެ. ފުލުހުން ބުނިގޮތުގައި އެއީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. މި ހާދިސާގައި ގެއްލުނު އެކަކު އަދިވެސް ނުފެންނައިރު، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެއީ ސްރީލަންކާ […]

ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ
Raajje

ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

‏ޅ.ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. ދިޔަވަމުން ދަނީ “ނަސްރު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށެވެ. އެމްއެންޑީއެފުން ބުނީ އެއީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އެ ބޯޓަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ
Thiladhunmathi News

ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ

އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވ...

ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅަނީ
Raajje

ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅަނީ

ޅ.ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން  ރައްޔ...