ހދ. ނޭކުރެންދޫއަށް ނިސްބަތްވާ ނަސްރު ބޯޓަށް ދިޔަވެ އިއްޔެ އަޑިޔަ ހާދިސާގައި އެ ބޯޓުން ނޭކުރެންދޫ އަށް ގެންދިޔަ ހުރީ މުދާވެސް ގެއްލިގެން ގޮސްފައިވާއިރު، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ޒަރޫރީ ތަކެތި ހުސްވިޔަނުދީ ލިބޭނޭ އިންތިޒާމެއް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ ނަސްރު ބޯޓް އަޑިޔަށްދިޔަ ހާދިސާގައި ބޯޓްގެ ވެެރިފަރާތަށާއި ވިޔަފާރިވެެރިންގެ އިތުރުން އާއްމު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ގެއްލުމުގައި އެ ކައުންސިލުން ބައިވާ ކަމަށެވެ.

Ad
rt

މި ދަނޑިވަޅުގައި ބޯޓުގެ ވެރިފަރާތަށް ލިބުނު ހިތާމާގައި ބައިވެރިވެ، އެ ފަރާތަށް ކެތްތެރިކަން ދެއްވުން އެދެމުން އެ ކައުންސިލުން ބުނީ އެ ރަށުގެ ވިޔަފާރިވެރިންނާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ކާޑާއި ޒަރޫރީ ތަކެތި ރަށުން ހުސްވިޔަނުދީ ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ނަސްރު ބޯޓު އަޑިއަށްދިއުން: ހދ އަތޮޅުގެ 5 ރަށަކަށް މިލިއަނުން ގެއްލުން!

ނޭކުރެންދޫއަށް ނިސްބަތްވާ މުއްތަލިބުގެ "ނަސްރު ބޯޓު" މާލެއިން ފުރައިގެން އުތުރަށް ދަތުރުކުރަމުން ދަނިކޮށް ދިމާވި ހިތާމަވެރި ހާދިސާއަކުން އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ބޯޓުގައި ތިބި 5 މީހުން (2 ދިވެހިންނާއި 3 ބިދޭސީން) ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްކުރެވުނު ނަމަވެސް، ބޯޓުގައި ހދ. އަތޮޅުގެ އެކި ރަށްރަށުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެރުވި ގިނަ އަދަދެއްގެ މުދާ ވަނީ ކަނޑުވެ ގެއްލިގެން ގޮސްފައެވެ.

ފުލުހުން ބުނިގޮތުގައި ނަސްރު ބޯޓު އިއްޔެ މެންދުރު 13:22 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު އަޑިއަށް ދިޔައީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ސަރަހައްދަށް ކަމަށެވެ.