ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް، ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދޭނެ
ށ. ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އެރަށު ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި މަޝްރޫޢުތައް ފަށަން އޮތް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މިކަމަށް އިންތިޒާމްކުރި ރަސްމިއްޔާތުތައް ބޭއްވޭގޮތެއް ނުވިއެވެ. އެ މަޝްރޫޢުތަކަކީ، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް...