ސްޓޭޑިއަމްގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައިގެން ކުޅުނު މެޗުން ބަލިވެ އިޒްރޭލު ކަޓައިފި
އިޓަލީއާއި އިޒްރޭލާ ދެމެދު އިޓަލީގެ އުދިނޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުން އިޓަލީ 3-0 އިން މޮޅުވެ، އިޒްރޭލު ވޯލްޑްކަޕުން ކަޓައިފިއެވެ. އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މެޗު ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޑިއަމްގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައިގެން އިޒްރޭލުގެ ޓީމަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ދީގެންނެވެ. އިޒްރޭލުން ޣައްޒާގައި ކުރަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ދެ އަހަރު ދުވަހަށްފަހު ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، މި މެޗަކީ އެންމެ މ...