މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,963 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓް 30 މަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމުގެ ޔަޤީންކަން
Thiladhunmathi News

ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓް 30 މަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމުގެ ޔަޤީންކަން

ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކ...

ށ.ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ
Thiladhunmathi News

ށ.ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ

ށ. ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސިއްޙީ ދާއިރާއާ ގުޅިފައިވާ މި މުހިންމު މަޝްރޫޢަކީ، އެ ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުން ކަމެއްކަމަށާއި، ސިއްހީ މަރުކަޒުގެ ޖާގައާއި، ވަސީލަތްތައް...

ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް
Thiladhunmathi News

ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް

ށ. ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގައި އަލަށް ކުރަންހުރި ނުވަތަ އިތުރަށް ބޭނުންވާ ކަންކަމަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެއެވެ. މިގޮތުން ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުން ބޭނުން...

އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދޭނަން: ރައީސް
Thiladhunmathi News

އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދޭނަން: ރައީސް

އަންނަ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން ށ.ގޮއިދޫ ސްކޫލްގެ 8 ކްލާސް ރޫމް ނިންމާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކުރަށްވަމުން މި ސަރުކާރާ ވެރިކަން ހަވާލުވިއިރު، މިފަދަ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައި […...

ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
Thiladhunmathi News

ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަނޑިތީމަށް މިހާރު ތަރައްގީ ގެނައުމަށްޓަކައި، ކުޅިވަރުގެ ދާއިރާއިން ދަނޑަށް އިތުރު ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން އިސްކަމެއްދެއްވާ ކަމެއް ކަމަށާއި، މިވަ...

ބިލެތްފަހި ބިންހިއްކައި އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލްއަށް
Thiladhunmathi News

ބިލެތްފަހި ބިންހިއްކައި އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލްއަށް

ށ. ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުޝާމް އަލީ އެވެ. އެމްއޭސީއެލްގެ ފަ...

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް
Raajje

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، އެއީ މިހިނގާ އަހަރާއި އަންނަ އަހަރާ، ދެ އަހަރު ތެރޭގައި، ލެބޯޓަރީ ޚިދުމަ...

ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ، ރައީސްގެ ޝުކުރު
Raajje

ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ، ރައީސްގެ ޝުކުރު

މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، “ޓްރިޕްލް އެލިމިނޭޓް” ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅައިފިއެވެ. ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފައެވެ. މި ތިން ބަލީގެ ތެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިން...

ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް
Raajje

ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް

ށ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ ކުރިއެރުމަށް ވަރަށް ގިނަ ކަންކަން ބޭނުންވާކަމަށާއި، ފެށިފައި ހުރި ނަމަވެސް މާ ބާރު ސްޕީޑެއްގައި ނ...

ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު: ރައީސް
Thiladhunmathi News

ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު: ރައީސް

ށ. ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު ބިންގާ އަޅުއްވައި، ރަސްމީކޮށް މަސައްކަތް ފެއްޓެވި ތިން މަޝްރޫޢަކީ (ފުލުހުންގެ މަރުކަޒު، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު، މިސްކިތް)ވެސް ރަށު...

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި
Raajje

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކޮށްފައިވާ 4 މެންބަރުން މިއަދު ހަމަޖައްސައިފިއެވެ. މިއީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރަންޖެހޭ މެންބަރުންނެވެ. ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި...

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭ މިސްކި...

ސީޝެލްސްގެ އިންތިޚާބީ ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
International

ސީޝެލްސްގެ އިންތިޚާބީ ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ހިޒް އެކްސަލަންސީ ޑރ. ޕެޓްރިކް ހަރމިނީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސް ޑރ. ހަރމިނީއަށް ކާމިޔާބު އެދިވަޑައިގެން، އެމަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފަވެއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް އިޝާރާތްކުރައްވަމުން، ދެޤައުމުގެ...

ރައީސް ށ.އަތޮޅަށް
Raajje

ރައީސް ށ.އަތޮޅަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައް...

ގާނޫނު ބަދަލުކޮށްގެން ނަމަވެސް ސޯޝަލް ފްލެޓް ކުއްޔަށް ދިނުން ހުއްޓުވާނަން: މުއްތަލިބު
Raajje

ގާނޫނު ބަދަލުކޮށްގެން ނަމަވެސް ސޯޝަލް ފްލެޓް ކުއްޔަށް ދިނުން ހުއްޓުވާނަން: މުއްތަލިބު

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލައާއި، އެތަންތަން ބޮޑުއަގުގައި ކުއްޔަށްދޫކުރާ މައްސަލަ ހައްލުކުރުމަށްޓަކާ ޤާނޫނުގައި ހިމަނައިގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފ...