ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް
މީގެ ކުރިން ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ދަނީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މުރާޖަޢާ ކުރަމުންނެވެ. މި ލިސްޓުގައި ހިމެނޭ 976 ދެމަފިރިނ...