އެކުވެރި އަރަބި ޢިމާރާތް، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން އެ ގައުމުގައި އިއްޔެ އިސްތިސްގާ ނަމާދުކޮށްފިއެވެ.
ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަހްޔާން ވަނީ އޮކްޓޯބަރު 17 ވަނަ ދުވަހުގެ ހުކުރު ނަމާދުގެ ނުވަދިހަ މިނެޓު ކުރިން، ޤައުމުގެ ހުރިހާ މިސްކިތްތަކެއްގައި ވާރޭވެހުމަށް އެދި އިސްތިސްޤާ ނަމާދު ކުރުމަށް އަމުރުކުރައްވާފައެވެ.
ޔޫއޭއީގެ ރައީސް ނެރުއްވި އަމުރުފުޅުގައި ވަނީ ސުންނަތުގެ މަގުން، ﷲ އަށް ކުރިމަތިލައި، އެއިލާހަށް ދުޢާ ދަންނަވައި، ވާރޭވެއްސެވުމަށާއި، ޤައުމާއި ރައްޔިތުންގެ މައްޗަށް ރަޙްމަތާއި ހެޔޮކަން ފެެތުރުވުމަށް އެދި ދުޢާ ކުރުމަށް އެންމެންނަށް ގޮވާލައްވާފައެވެ.
އެހެންކަމުން އެގައުމުގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުން ވަނީ ވާރޭވެހުމަށް އެދި ކުރާ ނަމާދު (ޞަލާތުލް އިސްތިސްޤާ)، އެގައުމުގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައި މެންދުރުފަހު 12:45 ގައި ކުރުމަށް ޢިއްޔެ އަންގައި އެނަމާދު ކޮށްފައެވެ.
''މި ނަމާދު ކުރަނީ ވާރޭވެހުމަށް އެދި ކުރާ ދުޢާގައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބަޢަވުމުގެ ގޮތުން'' އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުގެ ޢިއުލާންގައި ބުނެފަވެއެވެ.
ޔޫއޭއީއަށް ވާރެ ނުވެ ގިނަދުވަސްތަކެއް ވުމުން އެ ގައުމުގައި އިއްޔެ އިސްތިސްގާ ނަމާދުކޮށްފައިވާއިރު، މިފަހުން ވަރަށް ކުޑަކޮށް އެ ޤައުމުގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުނުކަމަށް ޔޫއޭއީގެ މީޑިއާއިން ބުނެފަވެއެވެ. މިގޮތުން ބައެއް ސަރަޙައްދުތަކުގައި ތުނިކޮށް ވާރޭވެހުނު އިރު، އަނެއްބައި ސަރަޙައްދުތަކުގައި ބޯކޮށް ވާރޭވެހިފައިވާކަމަށް އެ ގައުމުގެ މީޑިއާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!