އައްޑޫގައި ނަގާވޯޓުގައި ރައްޔިތުން ނިންމާނީ ސަރުކާރުން ތާއީދުކުރާނެގޮތް: ރައީސް
އައްޑޫ ސިޓީގެ ތިން ރަށެއްގެ އިދާރީ ހިންގުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ނިންމުމެއްނެތް ކަމަށާއި، ރައްޔިތުން ނިންމާނީ ސަރުކާރުން ތާއީދުކުރާނެ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ލ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ، އައްޑޫގައި ނަގަން އުޅޭ ވޯޓަކީ ސަރުކާރުގެ އެއްވެސް ބޭނުންވާ ނަތީޖާއެއް އޮވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ. ”ސަރުކާރުގެ އ...