މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,961 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން
Raajje

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖޭގެ ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ފަސް ވަނަ މީހާ އަކީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ އެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ 21 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑުގެ […]

ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ވަގަށް ނެގި ކޮންޓޭނަރުގެ ބައިތައް ހޯދައިފި
Raajje

ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ވަގަށް ނެގި ކޮންޓޭނަރުގެ ބައިތައް ހޯދައިފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 26 އެޕްރީލް 2025 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 9 އޮކްޓޯބަރ 2025 ވަނަ ދުވަހު ފުލުހުންނަށް […]

ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް
Raajje

ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އެލަވަންސްގެ ގޮތުގައި އަހަރަކު ޖުމްލަ 11.7 މިލިއަން ރުފިޔާ ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ އެލަވަންސެކެވެ. އޯގާތެރި މުޖުތަމަޢެއް […]

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި
Raajje

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ހަވީރު 5:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ...

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ
Raajje

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ

އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ. ރައީސް މިކަން އިއުލާންކުރެއްވީ ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މިހާރު އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރިނަމަ ލިބެމުންދަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ، ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން އެލަވަންސް ދެމުން ގެންދެއެވެ. ރައީސް މުއިއްޒު...

މީޑިއާ ކޮމިޝަނަށް ތިން މެމްބަރަކު ޢައްޔަންކުރައްވައިފި
Raajje

މީޑިއާ ކޮމިޝަނަށް ތިން މެމްބަރަކު ޢައްޔަންކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުން މިއަދު ކަނޑައެޅުމާއެކު އެ ތިން ބޭފުޅުން މިއަދު އެ ކޮމިޝަނަށް ޢައްޔަނުކުރަށްވައިފިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ. އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މޯލްޑިވްސ...

ހުރާގެ ދީމާ އާއި އަޒްކާގެ ޕެއާއިން މޮންގޯލިއާ ވެސް ބަލިކޮށް، ކުއާޓާއާ ގާތަށް
Sports

ހުރާގެ ދީމާ އާއި އަޒްކާގެ ޕެއާއިން މޮންގޯލިއާ ވެސް ބަލިކޮށް، ކުއާޓާއާ ގާތަށް

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗްވޮލީ އިވެންޓްގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިގުދީގެ ޕެއާއިން މޮންގޯލިއާގެ ޕެއާ ބަލިކޮށް، ކުއާޓާ ފައިނަލާ ކައިރިވެއްޖެއެވެ. ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ކުޅުނު މެޗުގައި ދިވެހި ޕެއާއިން ވާދަކުރީ މޮންގޯލިއާގެ ނަންދިނާރްޑޭން ނަރަންބަޓާރާއި ސެލްމޫން އެލްބެގެޔާރާ ދެކޮޅަށެވެ. ދިވެހި ޕެއާއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ. ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ދެ މެޗުނ...

ފަތުރުވެރިން ތަކެއް ތިބި ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެހީވަނީ
Raajje

ފަތުރުވެރިން ތަކެއް ތިބި ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެހީވަނީ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން މެރިން ޕޮލިސްގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މެރިން ޕޮލިހުން ބުނިގޮތުގައި އިންޖީނު ހުއްޓިފައި ވަނީ އއ. މަހިބަދޫން މާލެއަށް ދަތުރުކުރި ލޯންޗެކެވެ. މިއަދު މެންދުރުފަހު 15:49 ހާއިރު މި ލޯންޗްގެ އިންޖީނު ހުއްޓުނުއިރު އޭގައި 6 ފަތުރުވެރިން ތިއްބެވެ. އެއިރު އެ ލޯންޗް އޮތީ ކ. ރަނާޅިއާއި 14 މޭލު ސަރަހައްދުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ފަރާތުން މައުލޫމާތުދިން ގޮތުގައި، އެ […]

މީޑިއާ ކޮމިޝަނަށް މަޖިލީހުން ޢައްޔަނުކުރާ މެމްބަރުންގެ ނަންތައް ފާސްކޮށްފި
Raajje

މީޑިއާ ކޮމިޝަނަށް މަޖިލީހުން ޢައްޔަނުކުރާ މެމްބަރުންގެ ނަންތައް ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ ނަންތައް މިއަދު ފާސްކޮށްފިއެވެ. މި ނަންތައް ފާސްކުރުމަށް ވޯޓަށް އަހާފައި ވަނީ މިއަދުބޭއްވި 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އިންޓަވިއު މަރުހަލާގައި...

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މިއަހަރު ގެންނަނީ
Raajje

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މިއަހަރު ގެންނަނީ

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މި އަހަރުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދަނބިދޫ އަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އެއްކަމަކީ...

ހޮޓެލް ސްކޫލަކާއެކު ހުޅިމެންދޫގައި ރިސޯޓެއް ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއް: ރައީސް
Raajje

ހޮޓެލް ސްކޫލަކާއެކު ހުޅިމެންދޫގައި ރިސޯޓެއް ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއް: ރައީސް

ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ ފަސް ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ލ...

ޓޫރިޒަމް އެވޯޑްސްގެ ''ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް'' ރާއްޖެއަށް
Raajje

ޓޫރިޒަމް އެވޯޑްސްގެ ''ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް'' ރާއްޖެއަށް

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ސާފު ރީތި މޫދާއި، ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ މި އެވޯޑާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އެވެ. “ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިނ...

19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވަނީ
Sports

19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވަނީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައިވާކަން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނެފިއެވެ. މިކަން ޢިއުލާންކުރަށްވަމުން އެފްއޭއެމްގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި މި ތާރީޚީ ދަތުރަކީ ދިވެހި ފުޓްބޯޅައަށް ވަރަށް މުހިންމު ދުވަހެކެވެ. އަދި މިއީ މުޅި ގައުމުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް […]

ކުޅުދުއްފުށި ސިޓީ ހިމެނޭހެން ސިޓީތަކާއި ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ފަށަނީ
Raajje

ކުޅުދުއްފުށި ސިޓީ ހިމެނޭހެން ސިޓީތަކާއި ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ފަށަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް އެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ ޚިދުމަތްތަކަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއްކަމަށެބެ. މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ކުޅ...

ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ތިން އަހަރުގެ ތެރޭ ނިންމާނަން: ރައީސް
Raajje

ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ތިން އަހަރުގެ ތެރޭ ނިންމާނަން: ރައީސް

ލ. ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ގިނަވެގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވާފައިވަނީ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސަ...