ފުޓްސަލް ތަށި ހޯދައިދިން ޓީމަށް ހޫނު މަރުހަބާާއެއް
ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިން ޤައުމީ ފުޓްސަލް ޓީމަށް، އެތައް ދިވެހި ރައްޔިތުންނެއް ނުކުމެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މި ތާރީޚީ ކާމިޔާބީއާއެކު އެނބުރި ރާއްޖެ އައި ޓީމަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާ ބެހޭ ވަޒީރާއި، އެފްއޭއެމްގެ ރައީސްގެ އިތުރުން ކުޅިވަރު ދާއިރާގެ އިސްވެރިންނެވެ. ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ އައުމާއެކު، އެއާޕ...