މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,832 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނަށް 350 ޒުވާނުން ފުރައިފި
Raajje

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނަށް 350 ޒުވާނުން ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރަށް ހޮވުނު 350 ޒުވާނުން، ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުއްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ތަމްރީނުތަކުގައި ބައިވެރިވާނެއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާ...

ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑިތީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފޯކައިދޫއާ ބައްދަލުކޮށް ކަނޑިތީމުން ތަށި އުފުލާލީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގެ ކާމިޔާބީއާއެކު އެޓީމުން ވަނީ މިހާތަނަށް ހަ ފަހަރު އަތޮޅު ތަށި އުފުލާލައިފައެވެ. ފައިނަލް މެޗުގައި ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ކަނޑިތީމުގެ ރައުލް ނިޔާޒް އ...

ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި
Thiladhunmathi News

ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާރަންދޫން ކެލާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ މި ދެ ރަށަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި މާރަންދޫގެ ލަނޑު ލޫތު ހުސައިން ކާމިޔާބުކޮށްދިން އިރު، ކެލާގެ ލަނޑު ޖަހައިދިނީ އިބްރާހީމް […]

މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
Raajje

މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ދ. މީދޫގައި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، އެކަމަށް ހުރަސްއެޅުމާ ގުޅިގެންނެވެ. މި މައްސަލައިގައި ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހާ މިހާރު ހުރީ ފުލުހުންގެ […...

ޢަލީ ރަމީޒުގެ ހުނަރާއެކު "ފިޔުޗަރ އިމާމް" ޕްރޮގްރާމުން މުޅިން އާ ތަރިންތަކެއް
Thiladhunmathi News

ޢަލީ ރަމީޒުގެ ހުނަރާއެކު "ފިޔުޗަރ އިމާމް" ޕްރޮގްރާމުން މުޅިން އާ ތަރިންތަކެއް

މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، “ޚިދުމަތް” ޖަމިއްޔާ، “އުކުޅަސްހޯޕް” އަދި “ޖަމިއްޔަތުލް ޤަލަމް” ގުޅިގެން، އިސްލާމްދީނަށް ޚިދުމަތް ކުރުމުގެ މަތިވެރި މައިދާނަށް ދިވެހި ޒުވާން ޖީލުން މުޅިން އާ ތަރިތަކެއް ނެރުމަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ، މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، “ޚިދުމަތް” ޖަމިއްޔާ، “އުކުޅަސްހޯޕް” އަދި “ޖަމިއްޔަތުލް ޤަލަމް” ގުޅި...

ދެކުނުގެ ހަތަރު މަންޒިލެއް ވައިގެ ދަތުރުން ގުޅާލަނީ
Raajje

ދެކުނުގެ ހަތަރު މަންޒިލެއް ވައިގެ ދަތުރުން ގުޅާލަނީ

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ނިންމައި، އެ ދަތުރުތަކުގެ އަގުތައް އިއްޔެ އާންމުކޮށްފިއެވެ. މި އާ ހިދުމަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ދަތުރުތައް […]

ނައިބު ރައީސް ހުސެން ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ހިތްވަރުދެއްވައިފި
Raajje

ނައިބު ރައީސް ހުސެން ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ހިތްވަރުދެއްވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ. އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކޯޗުގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގައި ޤައު...

ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން
Raajje

ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން

އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖެއަށް އައި ފަތުރުވ...

މާދަމާ ރޯދަ ހަދިޔާ ބަހަން ފަށަނީ، އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅު ކޭސް
Raajje

މާދަމާ ރޯދަ ހަދިޔާ ބަހަން ފަށަނީ، އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅު ކޭސް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބަހަން މާދަމާ ފަށާއިރު، އެއް އައިޑީކާޑަށް ގިނަވެގެން ނެގޭނީ ދެ މަސްދަޅު ކޭސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ. ބެހުމުގެ އިންތިޒާމުތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް...

''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''
Column

''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''

އިންސާނާގެ ޙަޔާތުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. އިސްލާމްދީން ބާރުއަޅަނީ ހަމައެކަނި ގިނަގިނައިން ހެޔޮ ޢަމަލުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ޢަމަލުތަކަކީ އިޚްލާޞްތެރިކަމާއެކު، ދާއިމީގޮތެއްގައި ކުރެވޭ ކަންތައްތަކަކަށް ހެދުމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތް އެންމެ މުހިންމު އެއް އުޞޫލަކީ، ކިތަންމެ މަދުން ކުރާ ކަމެއް ނަމަވެސް އެކަމެއްގައި ދެމިހުރުމެވެ. މި އަގުހުރި ދަރުސްތައް ހިމެނޭ މިއަދުގެ ހުކުރު ހުތުބާގެ މ...

މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި
Thiladhunmathi News

މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައި 8 ވަނަ ފަހަރަށް އެ ތަށި ހޯދައިފިއެވެ. ނައިވާދޫ ހދ. ފުޓްސަލް ކިންގްގެ މަގާމު ދެމެހެއްޓީ މިރޭ ކުޅުނު ފައިނަލްގައި ނޮޅިވަރަންފަރު 4-2 އިން ބަލިކޮށްގެންނެވެ. ނައިވާދޫ މި މުބާރާތަށް ނުކުތީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމުގައި ރާއްޖެ ތަމްސީލްކުރަން ދިޔުމުން އެ ކުޅުންތެރިން ނުލައެވެ. އެއީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި […]

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް
Thiladhunmathi News

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް

ހއ. ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެބަދެއެވެ. އަބުދުﷲ ރަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެކަން ސާފުކޮށްލަން ‘’ތިލަދުން’’ އިން ސުވާލުކުރުމުން އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ. ’’ތިކަމާ ނިންމާގޮތެއް ވަރަށް އަވަހަށް ޢިއުލާން ކޮށްލާނަން’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ...

ޓީމަށް ހިތްވަރު ދިނުމަށް ނޮޅިވަރަންފަރުގައި ސައިކަލް ބުރެއް
Thiladhunmathi News

ޓީމަށް ހިތްވަރު ދިނުމަށް ނޮޅިވަރަންފަރުގައި ސައިކަލް ބުރެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގައި  މިރޭ އެއްކޮޅުން ކުޅޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބަށް ހިތްވަރުދިނުމުގެ ގޮތުން އިއްޔެ އެރަށުގައި ސައިކަލް ބުރެއް ބާއްވައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ އިސްނެގުމާއެކު ބޭއްވި މި ސައިކަލް ބުރުގައި އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ނޮޅިވަރަންފަރުގެ ލާމިގަސް ޕާކުން ފެށި މި ސައިކަލް ބުރުގައި ބޭނުންކޮށްފައި ވަނީ ނޮޅިވަރަންފަރު ސްޕޯޓްސްގެ ކުލަތަކެވެ.   މި ސައިކަލް ބުރަށްފަހު ރައްޔިތުން ވަނީ ‘’ނޮޅިވަރަންފަރުގެ ރަން ފަހަ...

އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ
Raajje

އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ

ދިވެހިބަސް އުނގަންނައި ދެއްވުމާއި، ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިބަސް ކުރިއެރުވުމާއި ކިޔަވައިދިނުމުގައި އައިންތު މިސް ކުރެއްވި މަސައްކަތްތައް ފާހަ...

ނޭޕާލު ބަލިކޮށް ރާއްޖެއިން ތަށީގެ އުންމީދު ބޮޑުކޮށްފި
Sports

ނޭޕާލު ބަލިކޮށް ރާއްޖެއިން ތަށީގެ އުންމީދު ބޮޑުކޮށްފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން 2-1 އިން މޮޅުވެ، ރާއްޖެއިން މުބާރާތުގެ ތަށި ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ. ތައިލެންޑުގެ ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މި މެޗުން މޮޅުވެ، ރާއްޖެއިން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ދެ ވަނަ […]