ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ
މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްހަމީދެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 އެހައިކަންހާއިރުއެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ...