ޏ. ފުވައްމުލަކު ދޫޑިގަން، ދުންފިނިގެ، ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ޢަބްދުލްޢަޒީޒު މުޙައްމަދަކީ މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އާއިލާގެ މީހަކަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

Ad
rt

ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިފައިވާކަމަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވެއެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.