ލޭ އެޅުމުގެ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންދިއުމަށް ޤައުމީ މިންގަނޑުތަކެއް އިފްތިތާޙުކޮށްފި
ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި ދެ މިންގަނޑެއް ކަމަށްވާ “ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް” އަދި “ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ” މިއަދު އިފްތިތާޙުކޮށްފިއެވެ. މި މުހިންމު ލިޔެކިޔުންތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ހެލްތު މިނިސްޓްރީން ބުނީ، މިއަދު ތަޢާރަފުކުރެވުނު މި އުސޫލުތަކަކީ...