ހދ. ނޭކުރެންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އާލާތްތައް އެރަށަށް ގެންގޮސްފިއެވެ.
އެރަށު ކައުންސިލުން، މި ތަކެތި އެރަށަށް ގެންގޮސްފައިވާކަން ހާމަކޮށްފައިވާއިރު، މި ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިއަދު ނޭކުރެންދޫ އަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި، ކުޑަކުދިންގެ ޕާކުތަކުގައި ކުދިން ކުޅުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ.
މި ކުޑަކުދިންގެ ޕާކަކީ، ނޭކުރެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ރަށު މާލިއްޔަތުން ޚަރަދުކޮށްގެން ބިނާކުރުމަށް ހަމަޖެހިފައިވާ ޕާކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!