ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
މިއަދުން ފެށިގެން އެ ފުޞަތު ހުޅުވާލުމުން ރައީސް އޮފީހުން ވިދާޅުވީ، އޮޑިޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
މި ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު،އެ އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
އޮޑިޓަރ ޖެނެރަލް މަގާމު ހުސްވީ، އެމަގާގައި ހުންނެވި ހަސަން ޒިޔަތު މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން މި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓްގައި އޭނާގެ ނަން އޮތުމުން ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަރު ޖެނެރަލް އޮފީހުގެ ކަރަމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްގައި ދެކޭތީ ތަހުޒީބީ މުޖްތަމައުތަކުގައި އަމަލު ކުރާ އުސޫލުން އަމަލުކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއެވެ.
ނަމަވެސް އޭނާ ވަނީ އެ މައްސަލާގައި ތަހުގީގުގެ އެއްވެސް ކަމެއް އޭނާގެ މައްޗަށް ހިންގާފައިނުވާކަން ފާހަގަކުރަށްވައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!