Skip to main content
Topic Archive

#އޮޑިޓާ ޖެނެރަލް

9 Stories filed
1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ އުސޫލާ އެއްގޮތަށްތޯ އެކަށީގެންވާ ގޮތެއްގައި ބަލާފައެއްނުވޭ: ހދ.އަތޮޅު ކައުންސިލްގެ އޮޑިޓް
Thiladhunmathi News

1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ އުސޫލާ އެއްގޮތަށްތޯ އެކަށީގެންވާ ގޮތެއްގައި ބަލާފައެއްނުވޭ: ހދ.އަތޮޅު ކައުންސިލްގެ އޮޑިޓް

ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ސޯލާ ޕެނަލް ހަރުކުރުމަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޫކުރި 1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްތޯ ހދ. އަތޮޅު ކައުންސިލުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާކަމަށް، އޮޑިޓް އޮފީހުން ނެރުނު ”ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް” ގައި ބުނެފިއެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު އަތޮޅުގެ ރަށު ކައުންސިލްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށާއި ރަށްރަށުގެ...

ހދ.އަތޮޅު ކައުންސިލްގެ ބައެއް ތަޖުރިބާ ދަތުރުތަކުގެ މަގުސަދު ސާފެއްނޫން: އޮޑިޓް ރިޕޯޓް
Thiladhunmathi News

ހދ.އަތޮޅު ކައުންސިލްގެ ބައެއް ތަޖުރިބާ ދަތުރުތަކުގެ މަގުސަދު ސާފެއްނޫން: އޮޑިޓް ރިޕޯޓް

ހދ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ކޮށްފައިވާ ބައެއް ދަތުރުތަކަކީ އޭގެ މަގުސަދު ސާފުނުވާ އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނެރުއްވާފައިވާ އިރުޝާދުތަކާ ޚިލާފަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް ”ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”ގައި ބުނެފިއެވެ. 2024 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތަކުގެ އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރު...

އޮޑިޓް ރިޕޯޓު ޒިންމާއިން ބޭރު، މާލިއްޔަތު ސާކިއުލާއާއި ވެސް ޚިލާފް: ހދ.އަތޮޅު ކައުންސިލް
Thiladhunmathi News

އޮޑިޓް ރިޕޯޓު ޒިންމާއިން ބޭރު، މާލިއްޔަތު ސާކިއުލާއާއި ވެސް ޚިލާފް: ހދ.އަތޮޅު ކައުންސިލް

ހދ.އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ދަތުރުގެ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލް އާންމުކުރަށްވާފައިވާއިރު، އެ އޮޑިޓް ރިޕޯޓަކީ އޮޑިޓަރ ޖެނެރަލްގެ ޒިންމާއިން ބޭރު، މާލިއްޔަތު ސާކިއުލާއާއި ވެސް ޚިލާފް ރިޕޯޓެއްކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެފިއެވެ. 1 ޑިސެމްބަރު 2024 ގައި އޮޑިޓަރ ޖެނެރަލް އާންމުކޮށްފައިވާ ”ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”އާއި ގުޅިގެން ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ 202...

''މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހދ.އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރުން މަންފާއެއްނެތް''
Thiladhunmathi News

''މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހދ.އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރުން މަންފާއެއްނެތް''

ހދ.އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ތަޖުރިބާ ދަތުރަށް 952،885 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި ދަތުރުން ލިބުނު ތަޖުރިބާއިން ހދ.އަތޮޅުގެ ކައުންސިލްތަކަށް މަންފާއެއްކޮށްފާ ނުވާކަމަށް އޮޑިޓަރ ޖެނެރަލް މިއަދު އާންމުކުރި ”ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”ގައި ބުނެފިއެވެ. މި ރިޕޯޓުގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލް އިދާރާއިން ޚަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކ...

އެކައުންޓިން ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: ނިޔާޒީ
Raajje

އެކައުންޓިން ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: ނިޔާޒީ

އެކައުންޓިންގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އެކައުންޓެންޓުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާ، މިއަހަރުގެ “މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވަނީ އެކައުންޓިންގ އަކީ މުޖްތަމައުއާއި ވަރަށްބޮ...

އޮޑިޓް އޮފީހަށް ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް
Raajje

އޮޑިޓް އޮފީހަށް ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮޑިޓް އޮފީހުގެ އަންނައަހަރުގެ ބަޖެޓަކީ 93.4 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އެ ބަޖެޓު ފާސްކުރައްވައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި 95 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށްވުރެން ކުރިން އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭއިރު، ކޮމިޓީން ފާސް ކުރުމަށްފަހު އެ ބަޖެޓް...

އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ޝިރުމީނާ ހަމަޖައްސައިފި
Raajje

އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ޝިރުމީނާ ހަމަޖައްސައިފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ޙުސައިން ހަމަޖައްސައިފިއެވެ. މިއީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން މިއަދު ވަނީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ހަމަޖެއްސެވިކަން ހާމަ ކުރަށްވާފައެވެ. މަޤާމުގެ ލިޔުން އޭނާ އާއި ހަވާލުކޮށް ދެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަޤާމަށް ނިޔާ...

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި
Raajje

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަޤާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، ‌‏އެމަނިކުފާނަށް މަޤާމުގެ ‌‏ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ‏ ‌‌‌‏ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏ ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވ...

އޮޑިޓާ ޖެނެރަލްގެ މަގާމަށް ‌‎‏‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

އޮޑިޓާ ޖެނެރަލްގެ މަގާމަށް ‌‎‏‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏މިއަދު ‌‏ހުޅުއްވާލައްވައިފިއެވެ. މިއަދުން ފެށިގެން އެ ފުޞަތު ހުޅުވާލުމުން ރައީސް އޮފީހުން ވިދާޅުވީ، އޮޑިޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއ...