ރާއްޖެއަށް ބޮކްސްސިން ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޚުލޫފް މިހެން ވިދާޅުވީ ފިލިޕީންސްއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވިސެންޓެ ވިވެންސިއޯ އާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓްގައި މިނިސްޓަރ މަޚުލޫފް ވިދާޅުވީ ޕްރޮފެޝަނަލް ބޮކްސިން ކުޅުންތެރިޔާ މަނީ މަކިޔާއޮގެ އެހީތެރިކަމާއެކު ރާއްޖެއަށް ބޮކްސިން ތައާރަފް ކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އަދި މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އެހީތެރިންކަން ފޯރުކޮށްދިނުމަށް ފިލިޕީންސްއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެއްވުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ

މީގެ އިތުރުން ފިލިޕީންސްގެ ޤައުމީ ޓީމާއެކު ރާއްޖޭގެ ޤައުމީ ފިިރިހެން ބާސްކެޓްބޯޅަ ޓީމާއި އަންހެން ޤައުމީ ވޮލީ ޓީމަށް ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.