މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީންކޮށް ކުރި ތަހުލީލުތަކުން އެމީހާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެމީހާ މެޝިއާއިން ރާއްޖެއައުމުން ކަރަންޓީންކޮށް ކުރި ތަހުލީލުތައް ކުރީ، މެލެޝިޔާގައި ކޮވިޑް-19 އަށް ޕޮޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު އެމީހާ އައުމުންނެވެ.

Ad
rt

އެޗްޕީއޭއިން އިތުރަށްބުނީ ވިލިވަރުގައި ތިބި ދެބިދޭސީންނާއި، ދިވެއްސެއް ދެފަހަރެއްގެ މަތިން ތަހުލީލުކޮށް ކޮވިޑް-19 އަށް ނެގެޓިވް ވުމުން ގޭގައި މަޑުކުރުމަށް، ގެޔަށް ބަދަލު ކުރެވިފައިވާކަމަށެވެ.