ރަމަޟާން މަހު ފަހުދިހައިގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ހަތަރު ދުވަހު ދިނުމަށް ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ވަކި ގަޑިތަކަކާއި ދުވަސްތަކެއް ހަމަޖައްސާފަ އެވެ.

Ad
rt

މި ޚިދުމަތް ދޭ ދުވަސްތަކަކީ، މާރިޗު މަހުގެ 11، 15، 17 އަދި 19 ވަނަ ދުވަހެވެ.

ޑީއެންއާރް އިން ބުނީ މި ހަތަރު ދުވަހު ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 ހަމައަށެވެ.

މާލެއިން މި ޚިދުމަތް ލިބޭނީ، ޑީއެންއާރު ހެޑް އޮފީހުންނެވެ. މީގެ އިތުރުން ހުޅުމާލެ ފިޔަވަހި 1ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ، ހުޅުމާލެ ފޭސް 2ގައި އުޅޭ މީހުންނަށް ވިނަރެސް ޓަވަރ 2 އިން މި ޚިދުމަތް ލިބޭނެ އެވެ.

މީގެ އިތުރަށް ވިލިމާލޭގައި ހުންނަ ޑީއެންއާރު ވިލިމާލެ އޮފީހުންވެސް މި ދުވަސްތަކުގައި ޚިދުމަތް ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން އިމަރޖެންސީ ހާލަތްތަކުގައި ޑީއެންއާރ ޑީޕާޓްމަންޓުގެ ނަންބަރު، 7280368އަށް ގުޅުމުން ޚިދުމަތް ލިބޭނެ މަގު އާންމު ރައްޔިތުންނަށް ވަނީ ފަހިކޮށްދީފައިކަމަށް ޑީއެންއާރްއިން މައުލޫމާތުދެއެވެ..