ބ.އަތޮޅުގެ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ގެނބިގެން މަރުވީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ.
އެގޮތުން މިއަދު އެ ހާދިސާ ހިނގިއިރު އެމީހާ ގެނބިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ 15:21ގައި ކަމަށް ފުލުހުން ބުނެއެވެ.
ހެލްތު ސެންޓަރުން ވަނީ އޭނާ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިކަން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!