ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ދެވަނަ ލީގުގައި ސަޕޯޓަރަކު ދަނޑަށް އަރައިގަނެ، ކޯނަރ ދަނޑި އުފުރާލައިގެން ގޮސް ކީޕަރުގެ ބޯފަޅާލައިފި އެވެ.
މި ހާދިސާ ހިނގީ، ތުރުކީގެ އަކްސެލް ސްޓޭޑިއަމްގައި އިއްޔެ ކުރިއަށްދިޔަ ގޯޒްޓެޕޭ އާއި އަލްޓޭ ބައްދަލު ކުރި މިމެޗުގަ އެވެ.
ސްޓޭޑިއަމްއަށް އެއްވެތިބި މީހުންގެ އުނދަގޫތަކާ ގުޅިގެން މެޗު ކުރިއަށް ގެންދެވުނީ 19 މިނެޓް ވަންދެންނެވެ. އެއަށްފަހު އެ މެޗު ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ހުއްޓާލީ އެވެ. މިމެޗު އަލުން ކުޅުމަށް އެެހެން ދުވަހަކަށް ތާވަލު ކުރުމަށްވަނީ ނިންމާފަ އެވެ.
އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުރަތަމަ ހަމަނުޖެހުން ހިނގަން ދިމާވީވެސް ސަޕޯޓަރުންގެ މެދުގަ އެވެ. އަލްޓޭގެ ސަޕޯޓަރަކު އެއްލި ފްލޭއާއެއް ގޮސް އަނެއް ޓީމުގެ ދެ ސަޕޯޓަރެއްގެ މޫނުމަތީގައި ޖެހި ވަރަށް ބޮޑަށް ފިހި ޒަޚަމްވި އެވެ. އެއާއި އެކު، އަނިޔާ ލިބުނު ސަޕޯޓަރުންނަށް ފަރުވާ ދިނުމަށް ވަގުތުކޮޅަކަށް މެޗު މެދުކަނޑާލި އެވެ.
އެމީހުންނަށް އަވަސް ފަރުވާދިނުމަށް، އެމްބިއުލާންސްތައް ދަނޑަށް ވައްދާ، މެޑިކަލް ޓީމުން އެ ދެ ސަޕޯޓަރުންނަށް ފަރުވާދެމުން ދިޔަ އިރު ކުޅުންތެރިންވެސް ތިބީ އެސަރަހައްދުގައެވެ.
WATCH: #BNNTurkey Reports
The football match between Göztepe (@Goztepe) and Altay (@AltaySporKulubu) was interrupted after a fan attacked Altay goalkeeper Ozan Evrim Özenç with a stick. pic.twitter.com/2lm3pBdCWz
— Gurbaksh Singh Chahal (@gchahal) November 27, 2022
އެގޮތުން، ކީޕަރު އޮޒާން އެވްރިމް އޮޒެންޗް ހިމެނޭ ގޮތަށް އަލްޓޭގެ ގިނަ އަދަދެއްގެ ކުޅުންތެރިން އެމްބިއުލާންސް ވަށައިގެން ކޮޅަށް ތިއްބެވެ.
ގޮޒްޓެޕޭގެ ސަޕޯޓަރަކު ދަނޑަށް އަރައި، ކޯނަރ ދަނޑި ނައްޓާލައިގެން، ދަނޑު ހުރަސްކޮށް ދުވެފައި ގޮސް، ފަހަތުން ކީޕަރުގެ ގައިގައި ތަޅައިގަތީ އެވެ.
Various angles of the same fan's attack on the goalkeeper, Ozan Evrim Özenç, during the Göztepe-ltay match. 1 o f 2. pic.twitter.com/HWXAtpEZgx
— Gurbaksh Singh Chahal (@gchahal) November 27, 2022
އޭނާ ހުއްޓުވީ ކައިރީގައި ތިބި ސަޕޯޓަރުންނާއި ސެކިއުރިޓީންނެވެ. ކީޕަރުގެ ބޮލުގައި ހަތަރު ސެންޓިމީޓަރުގެ ޒަހަމެއް ހުއްޓެވެ. އެއާއި އެކު ދަނޑުގައި އެވަގުތު އޮތް އެންބިއުލާންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.
މިހަމަލާ ކީޕަރަށް އަމާޒުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެއާއި އެކު މެޗު ވަގުތުން ވަނީ ހުއްޓާލާފަ އެވެ. އޭގެ ފަހުން ގޮޓްޒެޕޭގެ ގިނަ އަދަދެއްގެ ފޭން އެކައުންޓްތަކުން ވަނީ އެ ހާދިސާ ހިނގި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.
ފުލުހުން ވަނީ ކީޕަރަށް ހަމަލާދިން މީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!