މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސް، އެ ޕާޓީ ވަރުގަދަކޮށް ހިންގާލަން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި ރިޟާ ވިދާޅުވީ، ޗެއާޕާސަން ކަމަކީ ދުނިޔެ އުމުރަށް އޮންނަ ކަމެއް ނޫންކަމަށެވެ.

Ad
rt

އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަކީ ދައުރެއް، އަދަދެއް އަދި އުމުރެއް ކަނޑައެޅިފައި އޮންނަކަމެއް ކަމަށް ވިދާޅުވިއެވެ. އެއަށްފަހު އޭނާ ވަނީ މި ދައުރުގައި ފައްޔާޒު ޗެއާޕާސަންކަމަށް ގެންނަން އޭނާ ތާއީދު ކުރެއްވި އެންމެ މުހިންމު އެއް ސަބަބު ވިދާޅުވެދެއްވާފައެވެ.

"އެއީ، މިހާރު ޕާޓީގެ މެންބަރުން ތިބި ހާލަތުންނާއި، މިހާރު ޕާޓީގެ ޖަހަގަތަކާއި، ޕާޓީއަށް މިހާރުވެފައި މިއޮތް ގޮތާއި، ޕާޓީ ހީނަރުވެފައި އޮތް ހީނަރުވުން، ހިންގުމުގައި ހީނަރުވެފައި އޮތް ހީނަރުވުން ނިމުމަކަށް ގެނެސް، މިޕާޓީއަކީ ވަރުގަދަ ހިނގާ ޕާޓީއަކަށް ހަދަން، އެކަން ކުރަން އަޅުގަނޑަށް އެންމެ ރަނގަޅު ބޭފުޅަކީ ފައްޔާޒް ކަމަށް ފެންނާތީ،" ރިޟާ ވިދާޅުވިއެވެ.

ރިޟާ ވިދާޅުވީ، ފައްޔާޒަކީ އެކަމެއް ކުރަން ނުކުމެއްޖެނަމަ ވަރަށް ޤާބިލުކަމާއެކީގައި، ވަރަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.

"ވަރަށް އިތުބާރާއެކީގައި ވަރަށް ޔަޤީންކަމާއެކީގައި ބުނަން ބޭނުންވާ ބަހެއް ބުނެގެން، ކުރަން ބޭނުންވާ ކޮންމެކަމެއް ކޮށްގެން، ޢަމަލުން އެކަން ދައްކާ ބޭފުޅަކަށްވާތީ، އެ ސަބަބަށްޓަކައި އަޅުގަނޑު ފައްޔާޒް ޚިޔާރުކުރީ" ރިޟާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އޮންނާނީ މާދަމާއެވެ. އެ އިންތިޚާބުގައި ފަޔާ އާއި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)

އެ އިންތިޚާބުގައި، ބޮޑުތިލަދުންމަތީގެ އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުންގެ ތާއީދުކުރާކަން ހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފަޔާ އަށެވެ.