ސިއްޙީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ލިޔުމެއް ލިބިފައިވާ ފަރާތްތަކަށާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރަށްރަށަށް ދަތުރުކުރާއިރު، އެ ދަތުރުކުރާ ރަށްރަށުގައި އެޗްޕީއޭގެ މިންގަނޑަށް ވެކްސިން ފުރިހަމެވެފައިވާނަމަ، އެ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ދަތުރުފަތުރުކުރުމުގެ އުސޫލުގައި ބުނެފައި ވަނީ ސިއްޙީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭ ފާރާތްތަކާއި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ކަރަންޓީން ވާން ނުޖެހުނު ނަމަވެސް ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ނުވަތަ ވެކްސިން ނުޖަހާ ފަރާތްތައް ދަތުރުކުރާނަމަ، ކަރަންޓީންވާން ޖެހޭނެކަމަށާއި، އޭގެ ތެރޭގައި އެފަރާތްތަކާއި އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

Ad
rt

ރަށްރަށުގައި ވެކްސިން ފުރިހަމަވެފަތޯ ބަލާ މިންގަނޑުތަކަކީ، ވެކްސިން ޖެހުމަށް ޝަރުތުހަމަވާ 12 އަހަރުންމަތީގެ އާބާދީން 90 އިންސައްތަ ވެކްސިން ފުރިހަމަ ކުރުމުންނެވެ. އަދި އެރަށެއްގައި ދިރިއުޅޭ 65 އަހަރުންމަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމުންނެވެ.

ގެސްޓްހައުސް ހިންގާ ރަށެއްނަމަ، އެތަނުގައި މަސައްކަތްކުރާ މީހުންގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރުމުންނާއި، ރިސޯޓުތަކާއި ހަދަމުންދާ ރަށެއްނަމަ، އެތަނުގައި މަސައްކަތްކުރާ މީހުންގެ 95 އިންސައްތަ ވެކްސިންފުރިހަމަކުރުމުންނެވެ.

ނަމަވެސް ވެކްސިން ފިރހަމަވިކަމަށް ބަލާނީ އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އިންސައްތައަށް އެ ރަށެއްގައި ވެކްސިން ފުރިހަމަވެ، 14 ދުވސް ފުރިހަމަވުމުންކަމަށާއި، އަދި އެ އިދާރާއިން ކޮވިޑްގެ ހާލަތަށް ބެލުމަށްފަހު، މި އުސޫލުގައިވާ ކަންތައްތަކަށް ބަދަލުގެންނާނެކަމަށްވެސް ބުނެފައިވެއެވެ.