މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ށ. ބިލެއްފަހީގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.
އެމްޓީސީސީން އަންނަނީ އެ ރަށުގެ ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތްވެސް މި އެ ކުންފުނިން ކުރާނެއެވެ.
ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ށ. ބިލެއްފަހި ކުނިގޮނޑަށް ދާންއޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. #CSRInitiative #RayyithungeKunfuni pic.twitter.com/VG0MNVR3Ia
— MTCC Plc (@MTCCPlc) September 14, 2021
އެމްޓީސީސީން އަންނަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ މަސައަކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ގއ. ދާންދޫގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!