ކުޑަކަމުދާ ނިޒާމްގެ ބައްޔެއްކަމަށްވާ "ޕެނޮސްކްރޮޓަލް ހައިޕޮސްޕޭޑިއަސް" ތަހައްމަލް ކުރަމުން އަންނަ އުމުރުން އެންމެ 4 އަހަރުގެ ކައިލް އަޝްރަފް ރަޝީދްގެ އޮޕަރޭޝަންކުރުމަށް ދީލަތި އެހީއަކަށް އެދިއްޖެއެވެ.
މިހާތަނަށް 4 އޮޕަރޭޝަންކޮށްފައިވާ ކައިލް އިތުރު އޮޕަރޭޝަންއެއް ކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވާފައިވާތީ ކުރިއަށް ކުރެވެން އޮތް ސަރޖަރީ ކުރުމަށް އިންޑިއާގެ ޖެއިޕޫރަށް ދިއުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ.
ނަމަވެސް ޖެއިޕޫރުގައި ހުންނަ ސޫރްޔާ ހޮސްޕިޓަލަކީ މިވަގުތު އާސަންދައިގެ ޙިދުމަތް ރާއްޖެއިން ދެމުން އަންނަ ހޮސްޕިޓަލްއަކަށް ނުވާތީ، އާންމު ފަރާތްތަކުގެ ދީލަތި އެހީއަކަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

ކައިލްގެ ޑޮކްޓަރުންގެ ސިޓީއާއި އެކު އާއިލާއިން އެހީއަކަށް އެދި ދީފައިވާ މަޢުލޫމާތަށް ބަލާއިރު، އާސަންދައިގެ އެހީގައި އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެން.ޔޫ ހޮސްޕިޓަލުން ކައިލް 2 އޮޕަރޭޝަންކޮށް އެ 2 އޮޕަރޭޝަންވެސް ކާމިޔާބުވެފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަހުން އެން.ޔޫ ހޮސްޕިޓަލުންކޮށްފައިވާ އޮޕަރޭޝަން ނާކާމިޔާބުވެ އިތުރު އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އޮޕަރޭޝަން ނާކާމިޔާބުވުމާއި އެކު ޑޮކްޓަރުން މަޝްވަރާކޮށް އިރުޝާދުދެއްވާފައިވަނީ އިތުރު އޮޕްރޭޝަނެއް ކުރުމަށެވެ. އަދި މި އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ޖެއިޕޫރުގައި ހުންނަ ސޫރްޔާ ހޮސްޕިޓަލްގެ ކުޑަކަމުދާ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. އަމިލާލް ބަޓްއާއި ކޮންސަލްޓްކުރުމަށް ވަނީ އިރުޝާދުދެއްވާފައެވެ.
އެހެންކަމުން ސޯޝަލްމީޑިއާގެ ޒަރިއްޔާއިން ޑޮކްޓަރާއި ވާހަކަ ދައްކާ ކައިލްއާއި ބެހޭ ލިޔެކިޔުންތައް ފޮނުވުމުން ޑޮކްޓަރު ވަނީ ވީ އެންމެ އަވަހަކަށް ކައިލްގެ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް އައުމަށް އިރުޝާދުދެއްވާފައެވެ.

ނަމަވެސް އާސަންދައިން ސޫރްޔާ ހޮސްޕިޓަލަށް ޙިދުމަތް ދެމުންނުދާތީ އަމިއްލައަށް އޮޕަރޭޝަންކުރުމަށް ބޭނުން ފައިސާ މާލީ ތަނަވަސްކަން ނެތުމުން ކުރެވެން އަންނަނީ އާންމު ފަރާތްތަކުގެ އެހީ ލިބިގެންކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.
ކައިލް އެންމެ ފަހުން ސަރޖަރީ ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހު އިންޑިއާގެ ބެންގަލޫރުގެ އެން.ޔޫ ހޮސްޕިޓަލުންނެވެ. މިއީ ވަރަށް މަދުން ނޫނީ ކުދިންނަށް ދިމާވާކަމެއްކަމަށްވެސް ޑޮކްޓަރުން ހާމަކުރެއެވެ.

އުފެދުމުގައި މިކަހަލަ ކަންކަން ދިމާވަމުން އަންނަ ގިނަ ކުދިންނަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ލިބެން ނުހުންނަކަމުގެ ޝަކުވާ ކެނޑިނޭޅި ބެލެނިވެރިން ކުރަމުން އަންނަ އިރު އާސަންދަ ލިބުނަސް އަމިއްލަ އަތުން ގިނަ ޚަރަދުތަކެއްކޮށްގެން އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް މަޖުބޫރުވެފައިވާކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
Ashraf Rasheed MVR : 7718464820101
Ashraf Rasheed USD : 7718464820103
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!