ފޭސްބުކުގައި ދީނަށް ފުރައްސާރަކުރަމުން ދިޔަ ލާދީނީ ޕޭޖް ބުލޮކްކޮށްފިއެވެ.

އިސްލާމްދީނަށާއި، ﷲ އަދި އެކަލާންގެ ރަސޫލާއަށް ފާޅުގައި ހަޖޫ ޖަހަމުން ދިޔަ ޕޭޖް ބްލޮކް ކޮށްފައިވަނީ ގިނަ ދިވެހިން އެ ޕޭޖް ރިޕޯޓު ކުރަމުން ދަނިކޮށެވެ. އަދި އެ ޕޭޖް ބްލޮކް ކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ފަރާތުން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގައި އެދިފައިވަނިކޮށެވެ. ފުލުހުން ފޮނުވި ސިޓީގައި ވަނީ އެ ޕޭޖް ބޮލޮކްނުކޮށްފިނަމަ މާލެތެރޭގައި ލޭ އޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ.

Ad
rt

އެ ޕޭޖް ބްލޮކް ކުރީ އެ ޕޭޖްގެ ޝަކުވާ ފުލުހުންނަށް ބަޔަކު ހުށަހެޅުމުން ފުލުހުންގެ އިދާރާ އިން އެ ޕޭޖް ބްލޮކްކުރަން އެންގުމުން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެވެ. އެފަދަ ޕޭޖްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ޖުހާ ޕޭޖް ފުރަތަމަ ފެށިގެން އައީ "މީމް" ޕޭޖެއްގެ ގޮތުގައެވެ. އެހެން ކަމުން ގިނަ އަދަދެއްގެ ދިވެހިން އެ ޕޭޖަށް ވަނީ ލައިކް ދީފައެވެ. ނަމަވެސް އިސްލާމް ދީނަށް ހަޖޫޖަހަން ފެށި ހިސާބުން ޕޭޖް އަންލައިކު ކޮށް ރިޕޯޓުކޮށް ޕޭޖް އަންލައިކް ކުރުމުގެ ކެމްޕެއިނެއް ވަނީ މީސް މީޑިއާގައި ކުރިޔަށް ގެންގޮސްފައެވެ.