ގއ. ވިލިނގިލީގައި ގިނަ ވެފައި ހުރި ކުނި ނައްތާލައި ކުނިގޮނޑު ސަރަހައްދު ސާފުކޮށްފިއެވެ.

ވެމްކޯއިން ބުނިގޮތުގައި މި މަސައްކަތް ކޮށް ނިންމާލާފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ކަމަށެވެ.

Ad
rt

މި މަސައްކަތުގެ ދަށުން ވެމްކޯއިން ވަނީ ވިލިނގިލީގައި ގިނަވެފައި ހުރި 800 ޓަނުގެ ކުނި ނައްތާލައިފައެވެ.

އެ ކުންފުނިން ވަނީ މިހާތަނަށް ކުޅުދުއްފުށި ސިޓީއާއި ގުރައިދޫއާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ގިނަވެފައި ހުރި ކުނި ނައްތާލައިފައެވެ.

މިއީ ރާއްޖޭގެ ރަށްތަކުގައި ގިނަވެފައި ހުރި ކުނި ނައްތާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެކި ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތެކެވެ.