ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ކާރެއް، އައިޖީއެމް ހޮސްޕިޓަލް ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 09:50 ހާއިރުކަމަށެވެ.

Ad
rt

މި އެކްސިޑެންޓް ހިނގީ ރަސްފަންނު ކައިރިން ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް، އެ މަގަށްވާހެން އައިޖީއެމްއެޗް ކައިރީ ހުންނަ ރުއްތަކުން ރުކެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ ލައިސެންސް ނެތް ފިރިހެނެކެވެ. އަދި މިހާރު އެ ކާރު ފުލުހުން ޓޯކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައެވެ.

އިއްޔެ ވެސް ވަނީ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ބިދޭސީއެއްގެ ފޯނު ފޭރިގަތުމަށްފަހު ދެ މީހަކު ސައިކަލުގައި ފިލަން އުޅުމުގެ ތެރޭގައި ހިނގި މި އެކްސިޑެންޓްގައި ވަނީ އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާ ވެސް ވެފައެވެ.