މާލެއަށް ބޯކޮށް ވާރެ ވެހި، މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުން އެބަދެއެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފެން ބޮޑުވެފައެވެ.

Ad
rt

މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައް ފެންބޮޑުވެ، އައިޖީއެމްއެޗް ކައިރިން ފެންހިއްކަން ފަށައިފިއެވެ.

"އަތޮޅުތެރޭ އާއި މާލޭގެ ރައްޔިތުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅުއްވާ، ގެއަށް ފެން ވަންނާނެ ކަމަށް ލަފާކުރެވޭނަމަ ފެންނުވަންނާނެ ގޮތަށް ފިޔަވަޅު އަޅުއްވާ،"

ޑިޒާސްޓާގެ ޓްވީޓުގައި ބުނެފައި ވެ އެވެ

އެމްއެންޑީއެފުން ބުނީ، މާލޭގެ މަގުތައް ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގެ ފެން ހިންކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ޓީމުން ކުރަމުން ދާ ކަމަށެވެ. އެގޮތުން މިވަގުތު ޕަންޕް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އައިޖީއެމްއެޗް ކައިރީގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެފައިވަނީ އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމާށާއި މާލޭގައި އަލިފާނުގެ ހާދިސާ ހިނގަައިގެން އުޅުނު ވަގުތު ޅ ހިންނަވަރާއި ނައިފަރުގައިވެސް ފެންބޮޑުވެ އެންއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ޅ އަތޮލޫން ވ އަތޮޅާ ދެމެދަށް ރީނދޫ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ، ފަތިހު 4:00 އިން ފެށިގެން ހެނދުނު 7:00 އާ ދެމެދު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ.

މީގެ އިތުރުން މޫސުމާ ވބެހޭ އިދާރާއިން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ހާއްސަކޮށް މެދުތެރެއާއި ދެކުނު އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.