މާލެ އާއި ހުޅުމާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ސްޓޭޝަންތަކުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހިދުމަތް ދޭނީ ހެނދުނު 8:30ންހަވީރު 4:00 ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު 8:30ން 11:30އަށް އަދި މެންދުރު 2:00ން ހަވީރު 4:00 ކަމަށެވެ.

Ad
rt

މި ބަދަލު ގެނައީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރެމުންދާތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިފމދުމަތްވެސް ފޯރުކޮށްދެއެވެ. އެގޮތުން ރޭގަނޑު 9:00އާއި 10:00 އާ ދެމެދު އިމާރާތުގެ ތިރިއަށް ކުނިނެރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.