ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަނީ ލޯންޑާ ކުރާކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހެއް ކަމުގައިވާ އަބޫ ހަނީފް، ޑީޕޯޓުކޮށްލި މައްސަލަ ތަހުޤީޤްނުކޮށް ޑީޕޯޓު ކުރުމުން ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން މިމައްސަލަ އާއި ގުޅިގެން ވިދާޅުވެފައިވަނީ މިފަދަ ބޮޑެތި ކުށްކުރާ މީހުންގެ މައްޗަށް ތަޙުޤީޤު ނުހިންގާ ފޮނުވާލުމުން އެކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން ނޭނގި ފަސްއަޅައި ފޮރުވައިލެވުނީކަމަށައި މީނާއަކީ މަނީލޯންޑަރ ކޮށްދޭ މީހާކަށް ވުން ވަރަށް ބޮޑަށް އެކަށީގެންވާކަމަށެވެ. "ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!" މިސުރުހީގައިވާ އާޓިކަލްއެއް ފޭސްބުކްގައި ހިއއސާކުރައްވަމުން އިތުރަށް އަޙްމަދު ފާއިޒް ހުސައިން ބުނެފައިވަނީ މަނީލޯންޑަރ ކުރާ އަޞްލުމީހަކީ އެހެންމީހަކަށްވުން ވަރަށްގާތްކަމަށެވެ.

Ad
rt

އަބޫ ހަނީފް ޑީޕޯޓުކޮށްލި މައްސަލަ ރައްޔިތުންގެ މަޖްލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ މަޖްލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް ވެސަ ހުށަހަޅުއްވާފައެވެ.

އުޝާމު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ ކުށްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލަ ތަހުޤީޤްނުކޮށް ޑީޕޯޓު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މަޖްލީހުގައި އެ މައްސަލަ ބަލަން މިހާރު އެދިފައި ވާނެކަމަށެވެ.

މިކަމާއިގުޅިގެން އެކިފަރާތްތަކުން ބުނަމުން ދަނީ ޑީޕޯޓް ކޮށްލުމަކީ ހައްލު ނޫންކަމަށާއި އެމީހުންގެ ފަހަތުގަައި ދިވެހިންގެ އަތެއްވާނެކަމަށެވެ. އެކަން ކުރާ ދިވެހިމީހާ ހޯދާ ހައްގު އަދަބު ދެވިގެން ނޫނީ ހަގީގީ މައްސަލައަށް ހައްލު ނުލިބޭނެކަމަށެވެ.

"ރާއްޖޭގައި ބިދޭސީއަކު ގާނޫނާ ޚިލާފުވިޔަސް ދެވޭ އަދަބެއް ނޯވޭ. ޑީޕޯޓްކުރުމަކީ އަދަބެއް ނޫން. ރާއްޖޭގެ ގާނޫނާ ހިލާފުވެގެން ހޯދިހާ ލާރިއެއް ހިފައިގެން އޭނާގެ ގައުމަށް ގޮސް އުޅޭނެ ގޮތަކަށް އުޅެންވީ. ދިވެއްސެއް ވިއްޔާ ގޮޅިއަށް. މިއީ އެއްވެސް އިންސާފެއް ނޫން،"

ހަނީފް ޑީޕޯޓްކުރި ހަބަރަށް މީހަކު ފޮނުވި ކޮމެންޓެއްގައި ވެ އެވެ.

"އަދަބު ދޭ ނަމަ ގާނޫނާ ހިލާފުވާން އެ މީހުން ވެސް ޖެހިލުންވާނެ. ބޭރު ގައުމުތަކުގައި އެބަހުރި އެ ގައުމުތަކަށް މަނީ ލޯންޑާ ކުރަން އުޅުނު މީހުން އެއާޕޯޓުން ހައްޔަރުކޮށް ޖަލަށް ލާފައި. ރާއްޖޭގައި ނަމަ ވަގުތުން ޑީޕޯޓް."

މިމައްސަލަ އާއިގުޅިގެން ދިވެއްސަކު އެއިނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.