ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ދިރާގު ޔޫތު ލީގު 2019 ނަމުގައި ކުރިއަަށްދާ ފުޓުބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މިއަދު ހަވީރު ފަށައިފިއެވެ.
12 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މިއަދު ފެށީ މާޒިޔާ ފުޓްބޯލް އެކެޑަމީ އަދި ބީޖީ ސްޕޯޓްސް ކްލަބް އެކެޑެމީ ބައްދަލުކުރި މެޗްއިންނެވެ. މިމެޗް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ ފުޓްބޯލް އެކެޑެމީއެވެ.
މި އުމުރުފުރާގައި މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ އާލީ ޓަޗް ފުޓްބޯލް އެކެޑެމީ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބް ފުޓްބޯލް އެކެޑެމީއެވެ. މިމެޗް ނިމުނީ 0-0 އިން ދެ ޓީމް އެއްވަރުވެގެންނެވެ.
ދިރާގު ޔޫތު ލީގު 2019 ގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 10 ޓީމެއްވަނީ ބައިވެރިވެފައެވެ. ދެ އުމުރުފުރާއަކަށް ޚާއްސަ ކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން އޮގަސްޓް މަހު 25 ވަނަ ދުވަހު ފަށައިގެން ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!