ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން "ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ނަމުގައި މިހާރު ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ދަތުރު ކޮށްފިއެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ސެމީފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމަތަކަކީ ޓީމް ބޮލޮކް، ބުނެލާނެ، ޓީމް ލެޖެންޑްސްގެ އިތުރުން ޓީމް ރޫޙްއެވެ.

Ad
rt

ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 11 ޕޮއިންޓާއިއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް ބްލޮކް ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު އެ ގްރޫޕުން ސެމީފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ ޓީމް ބުނެލާނެއެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް ލެޖެންޑްސް ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއިއެކު އެ ގްރޫޕުން ސެމީފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ ރޫޙް ޓީމުންނެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގައި ސެމީފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމަތަކަކީ ޓީމް އުންމީދު، ހިތްވަރު، ވައި ކާންޓް ވީ ގެ އިތުރުން ޓީމް ސްޕައިކާރސްއެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް އުންމީދު ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއިއެކު އެ ގްރޫޕުން ސެމީފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ ޓީމް ހިތްވަރެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ލިބުނު 5 ޕޮއިންޓާއިއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް ވައި ކާންޓް ވީ ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ލިބުނު 4 ޕޮއިންޓާއިއެކު އެ ގްރޫޕުން ސެމީފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ ޓީމް ސްޕައިކާރސްއެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް 24 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީމް އުންމީދު އަދި ޓީމް ސްޕައިކާރސްއެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރާނީ ޓީމް ވައި ކާންޓް އަދި ޓީމް ހިތްވަރެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ސެމީފައިނަލުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީމް ބްލޮކް އަދި ރޫޙެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޓީމް ލެޖެންޑްސް އަދި ބުނެލާނެއެވެ.

މި މުބާރާތުގެ ދެ ކެޓަގަރީގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހު ހަނިމާދޫ ޔޫތު ސެމްޓަރުގެ ޓާފް ވޮލީ ކޯޓުގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ހެޕީމާކެޓެވެ. ހަނިމާދޫގައި ފާއިތުވި ދެ އަހަރު ހިންގި ހުރިހާ ކުޅިވަރު މުބާރާތްތަކެއް ވެސް ސްޕޮންސާ ކޮށްފައިވަނީ ހެޕީމާކެޓްގެ ފަރާތުންނެވެ. ހެޕީމާކެޓް ވޯލީބޯލް ޓޯނަމެންޓްގެ 2020 ގެ މީޑިއާ ޕާޓްނަރަކީ ތިލަދުން ނޫހެވ