މައިކްރޯސޮފްޓުން އަލަށް ތައާރަފްކުރާ އެކުންފުނީގެ ފުރަތަމަ އެންޑްރޮއިޑް ފޯން "ދަ ސަރފެސް ޑުއޯ" ސެޕްޓެމްބަރ 10 އެއްގައި ނެރޭނެކަމަށް އެކުންފުނިން ވަނީ ބުދަދުވަހު ހާމަކޮށްފައެވެ.
މިފޯން ގެ އަގަކީ 1400 އެމެރިކާ ޑޮލަރުކަމަށް ވާއިރު ގިނަބައެއްގެ މެދުގައި ސުވާލު އުފެދިގެން ދިޔައީ މިފޯން މިހާ އަގުބޮޑުވީ ކީއްވެތޯއެވެ. ފޯން އަގުބޮޑުވީ ސަބަބު ބަޔާން ކޮށްދެމުން މައިކްރޯސޮފްޓުން ބުނެފައިވަނީ މިއީ ޑުއެލް ސްކްރީން ޑިވައިސް އެއްކަމުގައެވެ. މިއީ ފައްޖަހާލެވޭ ޓެބްލެޓެއް ކަހަލަ ފޯނެކެވެ.
މިފޯނުގައި 2 ސްކްރީން އިންނައިރު ކޮންމެ ސްކްރީނެއްގައި 5.6 އިންޗި ހުންނާނެއެވެ. އަދި ދެސްކްރީން ގުޅުވާލުމުން 8.1 އިންޗީގެ ޓެބްލެޓަކަށް ފޯން ބަދަލު ކޮށްލެވެއެވެ. އަދި މިފޯނުގައި ހިމަނާފައިވާނީި 4ކޭ ވީޑިއޯ ރެކޯރޑް ކޮށްލެވޭ ހަމަ އެންމެ ކެމެރާއެެކެވެ. އެހެންކަމުން މިފޯނަކީ އައިޕެޑް މިނީއެކޭ އެއްގޮތް ފޯނެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. މިފޯނަކީ ވަރަށް ތުނިތުނި ފޯނެކެވެ.

މައިކްރޯސޮފްޓުން ސިފަކުރާގޮތުގައި މިއީ ޕްރޮޑަކްޓިވް ފޯނެކެވެ. މިފޯނަކީ އެކުންފުނިން ނެރުނު ހައިއެންޑް ސަރފޭސް ކޮމްޕިއުޓަރާ އެއްގޮތް އެއްޗެކެވެ. ފޯނުގައި މައިކްރޯސޮޕްޓް ސޮފްޓްވެއަރ އެކުލެވިގެންވާއިރު، އޮފީސް އަދި ވިންޑޯސް ހިމެނެއެވެ. މައިކްރޯސޮފްޓްއިން ބުނެފައިވަނީ މިހާރު އެންމެ މުހިންމު އެކެއްޗަކަށް ވީޑިއޯކޯލް ވެފައިވާއިރު މިފޯނަކީ ސީދާ ވީޑިއޯކޯލް ފަސޭހަކަމާއެކު ބޭނުންކޯސްލެވޭ ފޯނެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!