އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވާކަމަށް ޝައިޙް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

ޝައިޙް މުޙައްމަދު ޝާފިޢު ފޭސްްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިތުރަށް ބުނެފައިވަނީ އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެއްކަމަށެވެ. އަދި އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރާ އެތައް ފިރީންނެއް އުޅޭއިރު، ވަރިވެފައިވާ ކައިވެނިތަކުން ލިބިފައިވާ އެތައް ދަރީންނެއް ބަފައިން ޚަރަދު ނުކުރުމުގެ ސަބަބުން ދަތި ޙާލުގައި އުޅެން ޖެހިފައިވާކަން ޝައިޙް މުޙައްމަދު ޝާފިޢު ވަނީ ފާހަގަ ކުރައްވާފައެވެ.

Ad
rt

އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާއިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.

ޝައިޙް މުޙައްމަދު ޝާފިޢު ފޭސްބުކްގައި ހިއްސާކުރެއްވި ބަސްކޮޅެއްގައި ބުނެފައެވެއެވެ.

ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެކަމަށާއި އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަމުން ޝައިޙް މުޙައްމަދު ޝާފިޢުގެ ބަސްކޮޅު ނިންމާލާފައިވެއެވެ.