މިއީ މުފްތީ މެންކުގެ ދަރުހެއްގައި އެބޭފުޅާ ކިޔައިދެއްވި އެބޭފުޅާއާއި ބައްދަލުވި ދީން ގަބޫލު ނުކުރާ މީހަކަށް (އެތީސްޓް) ދެއްވި މޮޅު ޖަވާބުގެ ވާހަކައެވެ.
އެއްފަހަރަކު މުފްތީ މެންކް މަތިންދާ ބޯޓެއްގައި ކުރެއްވި ދަތުރެއްގައި، އެތީސްޓަކާއި ދިމާވިއެވެ. އޭނާ އިނީ މެންކާއި ޖެހިގެން އިން ސީޓުގައެވެ. މިހެން ތިބެ އެކި ދީންތަކުގެ ވާހަކައާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ.
އެތީސްޓު މުފްތީ މެންކަށް ބުންޏެވެ. މުސްލިމުންނަކީ ވަރަށް ނުލަފާ ބައެކެވެ. ޖަވާބުގައި މެންކް އޭނާއަށް ދެންނެވިއެވެ. "ނޫން! ކޮންމެ ދީނެއްގައިވެސް ރަނގަޅު މީހުންނާއި ގޯސް މީހުން އުޅެއެވެ."
މެންކް މިހެން ދެންނެވުމުން އަނެއްކާވެސް އޭނަ ބުންޏެވެ. އިސްލާމު ދީނުގައި އެއްވެސް މީހަކު ރަނގަޅެއް ނޫނެވެ. އެވަގުތު މެންކް އޭނާ ގާތު އެއީ ކީއްވެތޯ ސުވާލު ކުރުމުން ބުންޏެވެ.
"މެންކް ޤުރްއާން ޤަބޫލު ކުރަންހެއްޔެ. އޭގައި ވަރަށް ގިނައިން ގޯސް ވާހަކަތައް އެބަހުއްޓެ. ޤުރުއާނުގައި ބުނެފައިވާ ގޮތުގައި މުސްލިމު ނޫން ކޮންމެ މީހަކު ދާނީ ނަރަކައަށެ. މިއީ މީހުންގެ މެދުގައި ނަފުރަތު އުފެއްދުމުގެ ވާހަކައެކެ. މިއީ ވަރަށް ގޯސް ވާހަކައެއް"
ޖަވާބުގައި އެވަގުތު މެންކް ދެންނެވިއެވެ. "އަޚާއެވެ! ތިޔަބައިމީހުންނަކީ ނަރަކައަކީ ވާތަނެއްކަން ޤަބޫލު ނުކުރާ މީހުން، އެހެންވީމާ ނަރަކައަށް ދާނެއޭ ބުނުމުން ކީއްވެގެންތޯ އެކަމާއި ކަންބޮޑުވަނީ؟" މިހެންނެވެ. މެންކުގެ ޖަވާބު ކިހާފަ ފުރިހަމަ ތޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!