ހދ. ނައިވާދޫ އަޅޭ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ވެޓެރަންސް ކަޕް 2026" ފުޓްސެލް މުބާރާތަށް ފައިސާގެ އެހީތެރިކަން ދިނުމަށް ނައިވާދޫ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން ނިންމާފައިވަނީ މި މުބާރާތަށް ޖުމްލަ 3000 ރުފިޔާގެ މާލީ އެހީއެއް ދިނުމަށެވެ.
މި މުބާރާތަށް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވަނީ 15 ނޮވެމްބަރު 2026 ގައި ބޭއްވުނު ނައިވާދޫ ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައެވެ.
އެގޮތުން، މި ނިންމުން ނިންމާފައިވަނީ އެ ތާރީޚުގައި ކުރިއަށްގެންދިޔަ ނައިވާދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ޢާންމު ޖަލްސާގައި ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތަށް އެހީގެ ގޮތުގައި ދޫކުރާ ފައިސާ ހަމަޖައްސާފައިވަނީ ކައުންސިލްގެ އާމްދަނީ ފަންޑުގެ "ކުލަބު ޖަމްޢިއްޔާތަކަށް އެހީދިނުން" ޙަރަކާތުގެ ދަށުންނެވެ.
އަޅޭ ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ މި ފުޓްސެލް މުބާރާތުގައި ވާދަކުރުމަށް ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 17 އިން ފެށިގެން 21 ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!