ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާގެ މެންބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އެ އޮފީހުން ފުރަތަމަ ހުޅުވައިލީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހަށެވެ. އެ ފަހަރު ދިން ސުންގަޑިއަކީ 1 ނޮވެމްބަރުގެ ނިޔަލަށެވެ.
އަލުން އެ ފުރުސަތު ހުޅުވާލައި މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރަންޖެހޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެގޮތުން ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ފޯމު ބަލައިގަންނަމުން ދާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދެއެވެ.
މި ފުރުޞަތުގެ ސުންގަޑިއަކީ 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އެހެންކަމުން އެ މުއްދަތުގެ ކުރިން ފޯމު ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިޢުލާންކޮށްފައެވެ.
އެލްޖީއޭގެ ބޯޑަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. މި ބޯޑުގައި މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރާނެ މެންބަރަކު ހިމެނުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!