ހއ. ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމަށް (ޕޯލްޓަރީ ފާރމް ތަރައްޤީކުރުމަށް) ކުއްޔަށް ދިނުމަށް ކަނޑައެޅި 4 ބިން ކާމިޔާބު ކުރި ޓްރެސްލައިން އިންވެސްޓްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 4 ބިމަކީ އެ ރަށުގެ އިރުމަތީ ސަރަޙައްދުން ކަނޑައެޅުނު 4 ބިމެވެ.

Ad
rt

ފިއްލަދޫ ކައުންސިލުން މި ނޫހަށް ޢުލޫމާތު ދެއްވި ގޮތުގައި، ޓްރެސްލައިން އިންވެސްޓްމަންޓަށް މި ބިންތައް ދޫކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން 5000 އަކަފޫޓުގެ 4 ބިން ދޫކޮށްފައިވަނީ އަކަފޫޓަކަށް 80 ލާރިއާއި 90 ލާރިއާ ދެމެދުގެ ރޭޓަކުންނެވެ. އެހެންކަމުން، ކޮންމެ ބިމަކަށް މަހަކު 4000 ރުފިޔާއާއި 4500 ރުފިޔާއާ ދެމެދުގެ ކުއްޔެއް ލިބިގެންދާނެކަމަށް އެ ކައުންސިލުން ހާމަކުރައްވައެވެ.

ފިއްލަދޫ ކައުންސިލުން އިތުރަށް މައުލޫމާތުދެއްވި ގޮތުގައި އެ ސަރަހައްދުން ކުރިން ދޫކޮށްފައި އޮތް ބިމެއްގައި ކާމިޔާބުކަމާއެކު މިހާރު ވެސް ކުކުޅާއި އަސްދޫނި ގެންގުޅެމުންދެއެވެ.