ށ. މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (އތމ) ގެ ފުރަތަަމަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މާތް މަޤްޞަދުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ ހިތުން ކިޔުމުގެ ބަޔާއި ފޮތުން ކިޔުމުގެ ބައެވެ. 11 ޢުމުރުފުރާއެއްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 26 ނޮވެމްބަރ 2026ގައެވެ.

Ad
rt

މިލަންދޫ އތމ ކޮމިޓީން މަޢުލޫމާތުދޭ ގޮތުގައި "އ.ތ.މ ކޮމިޓީގެ އެއްވަނަ އަހަރީ ޤުރްއާން މުބާރާތް 1448"ގެ މުޅި މުބާރާތުން 1 ވަނައަށް ދާ ބައިވެރިޔާއަށް ޢުމްރާ ދަތުރެއް ހަމަޖެހިފައިވާކަމަށެވެ. މި ޢުމްރާ ދަތުރު ހުށަހަޅާފައިވަނީ ތަވައްކުލް ޢުމްރާ ގުރޫޕުން ކަމަށް ވެސް އެ ކޮމިޓީން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި އެ ކޮމިޓީގެ ފޭސްބުކް ޕޭޖުގައިވާ ލިންކް https://forms.milandhoo.gov.mv/f/71qq3lia މެދުވެރިކޮށް ގޫގުލް ފޯމް ފުރުއްވައި ރަޖިސްޓްރީވުމަށް ކޮމިޓީން އެދިފައިވެއެވެ.