މާލޭގެ މަގެއްގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މާލޭ

Ad
rt

ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2026 ނޮވެންބަރު 09 ވަނަ ދުވަހުގެ ހެނދުނު 09:17 އެހައިކަންހާއިރުއެވެ.

އެ މީހާ ފެނުމާ ގުޅިގެން ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާ އޮތީ އެ ޕިކަޕުގެ ފަހަތު ބައިގައި ބޯކަރުދާސްތަކެއް އަޅައި، އޭގެ މަތީގައި އޮށޯވެ ނިދާފައި އޮތް ކަހަލަ ގޮތަކަށެވެ.

ޕިކަޕެއްގެ ތެރެއިން މި މީހާ ނިޔާވެފައި އޮއްވާ ފެނުނު މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.