ދަ ގްރޭޓާ އައްޑޫ ތަސައްވުރަކީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫންކަމަށް ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.

ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލުތައް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުޝްރިފް ވިދާޅުވީ މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ކުރިއެރުމުގައި އައްޑޫއަށް ވަރަށް ހާއްސަ ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

Ad
rt

ސިޓީތައް ކުރިއަރަނީ ފުރުސަތުގެ ބޭނުން ހިފޭނެފަދަ ހަރުދަނާ ނިޒާމެއް އޮވެމެ، އިންތިޒާމު ކުރޭވޭ ކަންތައްތަކެއްގެ ތެރެއިން އައު ހިޔާލުތަކަށް މަގުފަހިކޮށްދީ އިންވެސްޓުތަކަށް މަރުހަބާ ކިޔާ ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށް މުޝްރިފު ވިދާޅުވި އެވެ.

"މިއީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫން. މިއީ އިގްތިސާދީ ގޮތުން ވަރުގަދަ ދެމެހެއްޓެނިވި މުސްތަގުބަލަކަށް އައްޑޫ ތައްޔާރުކުރުމުގެ މަސައްކަތެއް. ދުނިޔޭގެ ސިޓީތަކުގެ މުސްތަގުބަލު ބައްޓަން ވަމުންދާ މި ދަނޑިވަޅުގައި، ފަތުރުވެރިކަމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތްތެރި ކަމަށް އަންނަ އިންގިލާބީ ބަދަލުތަކަށް އަޅުގަނޑުމެން ލޯ ހުޅުވަން ޖެހޭ" - ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ

އައްޑޫއަކީ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ތަނެއް ކަމަށާއި، ބަދަހި މުޖުތަމައަކާއި ފަތުރުވެރިކަމުގެ ތަޖުރިބާކާރުންނާއި، އައު އިޖާދުތަކަށް ލޯބި ކުރާ ޒުވާނުން އައްޑޫގައި ތިބިކަމަށާއި އިންޑިއާ ކަނޑުގެ މުހިންމު މަގަށް އައްޑޫ ވާއިރު މިއީ ޒަމާނުއްސުރެ އުމްރާނީ ވަސީލަތްތަކާއި ދޭދޭ ގުޅުމާއި ވިޔަފާރި ގުޅުވައިދޭ މައި މަރުކަޒެއް ކަމަށް މުޝްރިފް ވިދާޅުވި އެވެ.