ހއ. އުލިގަމް ކައިރީ އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އޭނާ ހއ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ނުޖޫމް 2 ނަމަކަށް ކިޔާ އެ ދޯނި އޮތީ އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭރު ބޭރުގައި ކަމަށެވެ. އަދި މެއަށް ތަދެއް އަރާފައި ވަނީ އެ ދޯނީގައި ހުރި 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ މެޔަށް ތަދެއް އެރީ ކުއްލިއަކަށްކަމަށާއި އެމީހާ ދިއްދޫއަށް ގެންދެވުނީ މިއަދު އިރު އޮއްސި 18:20 ގައިކަމަށެވެ.

ބަޔެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އަދި އިތުބާރު ހުރި ފަރާތަކުން މިނޫހަށް މަޢުލޫމާތުދިން ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. އޭނާ އަކީ ށ. ފޯކައިދޫއަށް ނިސްބަތްވާ މީހެކެވެ. އަދި އެއިނާއަކީ އެދޯނީގެ ކައްޕި އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ، މިއަދު ހެނދުނު 11:38 ހާއިރު އެވެ