ކުޅުދުއްފުށި ސިޓީ މަސްޖިދުލް ހަސަނާތުގެ މަރާމާތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ އާންމުންނަށް ނަމާދުކުރުމަށް އެ މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިއްޖެއެވެ.
ސިޓީ ކައުންސިލުން ހަސަނާތު މިސްކިތް އަލުން ހުޅުވާލުމަށް އާންމުންނަށް އިއުލާނުކުރަމުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިސްކިތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ، 29 އޮގަސްޓް 2025 ވާ ހުކުރު ދުވަހު ފަތިސް ނަމާދުން ފެށިގެން އާންމުނަށް ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ.
އެގޮތުން މި އަހަރުގެ މެއި މަހު ސިޓީ ކައުންސިލުން ވަނީ މިސްކިތް ވަރަށް ބޮޑަށް ވީރާނާވެފައިވުމާއެކު މަރާމާތައް ވަގުތީގޮތުން ބަންދުކޮށްފައެވެ.
އަންބަލަން ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެން ފެށި މި މަރާމާތުގެ މަޝްރޫޢު އެއްކޮށް ނިންމާލުމަށް ސިޓީ ކައުންސިލުން ލަފާކޮށްފައިވަނީ މިއަންނަ ސެޕްޓެމްބަރ މަހު އެވެ.
ހަސަނާތު މިސްކިތް މަރާމާތުގެ މަޝްރޫޢުއަށް މުޅި ޖުމްލަ 942،824 ރުފިޔާ ހަރަދުވާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!