ތުރުކީގެ މިލިޓަރީ ޑިފެންސް އިންޑަސްޓްރީން ވަނީ މިހާތަނަށް އެ ގައުމުން އުފައްދާފައިވާ އެންމެ ވަރުގަދަ އެއަރ-ޓު-ސަރފެސް ބޮމު ކަމަށްވާ "ގަޒަޕް" ތަޢާރަފުކޮށް ދުނިޔެއަށް ދައްކާލާފަ އެވެ.
"ގަޒަޕް" ގެ ނަމުން ނަންދެވިފައިވާ ބޮމަކީ ނިއުކްލިއަރ ފިޔަވައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ބޮން ކަމަށް ބުނެ އެވެ.
މި ބޮން ތަޢާރަފުކޮށްފައި ވަނީ ތުރުކީގެ އިސްތަންބޫލުގައި ބޭއްވުނު އިންޓަނޭޝަނަލް ޑިފެންސް އިންޑަސްޓްރީ ފެއަރ (އައިޑީއީއެފް) 2025 ގައެވެ. ތުރުކީގ ނޭޝަނަލް ޑިފެންސް މިނިސްޓްރީގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް (އާރް އެންޑް ޑީ) ސެންޓަރުން ފަރުމާކޮށްފައިވާ މި ބޮމުގެ ވޯހެޑްގެ ބަރުދަނަކީ 970 ކިލޯގްރާމް (2،000 ޕައުންޑް) އެވެ. މި ބޮމު ގޮއްވާލުމުން، ކޮންމެ މީޓަރަކަށް 10.16 ފްރެގްމަންޓް ގޮވުން އުފެދެއެވެ. މިއީ ކުރީގެ ބޮމުތަކުގައި ހުންނަ 3 މީޓަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ބޮމަކީ އެފް-16 ހަނގުރާމަވެރި ޖެޓުން ވައްޓާލެވޭގޮތައް ފަރުމާކޮށްފައިވާ، ވަރަށް ގެއްލުންދެނިވި ނުރައްކާތެރި ބޮމެކެވެ. އާރް އެންޑް ޑީ ސެންޓަރުން މި ބޮމުގެ އެކްސްޕްލޯސިވް އަދި ފިލަރ ޑިޒައިން އަލުން ފަރުމާކޮށްފައިވާކަމަށާއި، މިހާރު ވަނީ ކޮލިފިކޭޝަން އަދި ސެޓްފިކޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، ބޭނުންކުރެވޭ ހާލަތުގައި ކަމަށް އިސް އޮފިޝަލެއް މަޢުލޫމާތު ދެއްވިއެވެ.
ތުރުކީން ބުނެފައިވަނީ "ގަޒަޕް" ބޮން ތަޢާރަފު ކުރުމާއި އެކު ތުރުކީގެ ދިފާއީ ސިނާއަތަށް އައި އިންގިލާބީ ބަދަލެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ، މިއީ އެ ގައުމުގެ މިލިޓަރީ ޓެކްނޮލޮޖީގެ ދާއިރާގައި އަމިއްލަ ފުދުންތެރިކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ. 2015 އިން ފެށިގެން ތުރުކީގެ އަމިއްލަ ހަތިޔާރު އުފެއްދުމުގެ ސިނާއަތް ވަނީ ހަލުވި ދުވެލީގައި ކުރިއަރަމުން ގޮސްފައެވެ. މި ތަރައްގީއާއެކު ތުރުކީގެ ބޭރުގެ ދިފާއީ ތަކެތި އުފައްދާ ފަރާތްތަކަށް ބަރޯސާވާ މިންވަރު މަދުވެ، އެ ގައުމުގެ ސްޓްރެޓެޖިކް މިލިޓަރީ ބާރު އިތުރުވާނެ ކަމަށް ބެލެވެއެވެ.
BREAKING:
Turkey unveils its most powerful non-nuclear bomb GAZAP. pic.twitter.com/noAiwB7FFJ
— Globe Eye News (@GlobeEyeNews) July 27, 2025
މި ބޮމަކީ ނޭޓޯގެ މިންގަނޑުތަކާ އެއްގޮތަށް ފުރިހަމައަށް ސެޓިފައިކޮށްފައިވާ، އަދި ވަގުތުން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހަތިޔާރެއްކަން އާރް އެންޑް ޑީ ސެންޓަރުގެ ޑިރެކްޓަރ ނިލޫފަރ ކުޒުލޫ ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!