އެންމެ އަނިޔާވެރި އެންމެ ބޮޑު ޚިޔާނާތްތެރިޔަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)އިން ބާއްވާ ފްރަންޓް އޮފީސް ޖަލްސާތަކުގައި ޔާމީން ގެންދަވަނީ މި ސަރުކާރަށާއި، ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން ޚިޔާނާތާއި، މަޖިލީހަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ދަނީ ތުހުމަތުކޮށް ވާހަކަ ދައްކަވަމުންނެވެ.
ޔާމީންގެ ވާހަކަފުޅުތަކާއި ގުޅިގެން ފަލާހް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޔާމީނާއި ގުޅޭގޮތުން ސުވާލުތަކެއް ކުރިމަތިކުރަށްވާފައެވެ.
މިގޮތުން މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއްކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހައް ‘’އަތާ ފައި ނުބޭނުން’’ ކަމަށް ފަލާހް ވިދާޅުވެފަވެއެވެ.
އޭނާ 18 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ކަމަށާއި، އެއިރު ވެރިޔަކީ ޔާމީނު ކަމަށް ފަލާހް ވިދާޅުވިއެވެ.
’’ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބި ނޯވެގެން އޭރުގެ މެޑަމް ގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގައި، އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނުު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓް ތަކުގެ ވާހަކަ ދައްކާތި އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތި އެއަށް ވުރެ އަޖައިބުވޭ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާތީ’’ ފަލާހް ވިދާޅުވެފަވެއެވެ.
އެވާހަކަތައް އެ ދައްކަވަނީ ޔާމީން ބާއޭ ބައެއް ފަހަރަށް ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފަލާހް ވަނީ ސުވާލުތަކެއް ކުރަށްވައި ޖަވާބުވެސް ދެއްވާފައެވެ.
‘’މި ޤައުމުގެ 15 އަހަރުން މަތީ ކޮއްމެ ރައްޔިތަކާ މި ސުވާލު ތައް ކޮއްލަ ބަލަ، ލިބެނީ މި ޖަވާބު ނޫންތޯ ބަލަން، މި ޤައުމަށް އެއްމެ ބޮޑު ޚިޔާނާތެއްވީ ކާކު؟ ޖަވާބު ޔާމީނު، މިޤައުމުގަ އެއްމެ އަނިޔާ ވެރި ވެރިކަމެއް ކުރީ ކާކު؟ ޖަވާބު ޔާމީނު، މި ޤައުމުގެ ޖުޑިޝަރީ ފުނޑާލައި ކޯޓްތަކުން ޓިނުނަގައި ކޯޓް ތަކަށް އެއްމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު? ޖަވާބު ޔާމީނު، މި ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން 2 އަހަރު މަގުމަތި ކޮށް މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާ ކޮށް މަޖިލީސް ހިސޯރު ކުރީ ކާކު؟ ޖަވާބު ހަމަ ޔާމީނު’’ ފަލާހް ސުވާލު ކުރައްވައި ޖަވާބު ވެސް ދެއްވާފަވެއެވެ.
ފަލާހް ވިދާޅުވީ، ‘’މި ޤައުމުގެ ބައިތުލް މާލު ދަވާލައި އެތައް ސަތޭކަ މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓް ތަކަށް ޖަމާކުރީ ވެސް ހަމަ ޔާމީން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!