Skip to main content
Topic Archive

#ރައީސް ޔާމީނު

53 Stories filed
ފުއްގިރީގެ މައްސަލަ ހުކުމާ ހިސާބުގައި އޮއްވާ ޔާމީން ހައި ކޯޓަށް
Court reporting

ފުއްގިރީގެ މައްސަލަ ހުކުމާ ހިސާބުގައި އޮއްވާ ޔާމީން ހައި ކޯޓަށް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލައާ ގުޅޭ ނިންމުންތަކެއް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ […]

ފުއްގިރީގެ މައްސަލާގައި ޔާމީނަށް ހުކުމްކުރަން ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި
Politics

ފުއްގިރީގެ މައްސަލާގައި ޔާމީނަށް ހުކުމްކުރަން ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނެންގެވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކުރުމަށްފަހު އެ މަޖިލިސް ކެންސަލްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން އޮތީ ތާވަލްކޮށްފަ އެވެ. […]

އަލިފާނުގެ ހާދިސާއާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް، ޔާމީން ދެއްކެވީ ދޮގު ވާހަކަ: ރައީސް
Raajje

އަލިފާނުގެ ހާދިސާއާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް، ޔާމީން ދެއްކެވީ ދޮގު ވާހަކަ: ރައީސް

ސަރުކާރުގެ ތިން ވުޒާރާއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއ...

ޕީއެންސީގައި ރެނދު އަޅުވާލެވޭނެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް އެނގިވަޑައެއްނުގަންނަވާނެ: އަބްދުއްރަހީމް
Politics

ޕީއެންސީގައި ރެނދު އަޅުވާލެވޭނެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް އެނގިވަޑައެއްނުގަންނަވާނެ: އަބްދުއްރަހީމް

ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާލެވޭނެ އެއްވެސް ”ފަންޑިތައެއް ނުވަތަ ސިހުރުހާހޫރައެއް” ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމަކަށް އެނގިވަޑައެއްނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. އަބުދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކ...

އާރަށް މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ: ސުޕްރީމް ކޯޓް
Raajje

އާރަށް މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ: ސުޕްރީމް ކޯޓް

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި ޖަލު ހުކުމް ހައި ކޯޓުން ފަހުން ބާތިލްކޮށް, އެ މައްސަލަ އަލުން ބަލަން […]

އާރަށް މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
Raajje

އާރަށް މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކާ ގުޅިގެން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ މަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ […]

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް
Raajje

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެ...

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ޖަމީލު އަދި ދަރިކަލުން ޒެއިން
Raajje

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ޖަމީލު އަދި ދަރިކަލުން ޒެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސަކަށް އެމަނިކުފާނު ހޮވިވަޑައިގެންފިއެވެ. ޕީއެންއެފްގެ ގައުމީ ޖަލްސާ ރޭ ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާފައެވެ. މި ޖަލްސާގައި ވަނީ ޔާމީން އެ ޕާޓީގެ ރައީސަކަށް ހޮވިވަޑައިގެންފައިވާކަން ޢިއުލާންކޮށްފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ޔާމީންގެ ދަރިކަލުން ޒެއިން އަބް...

ފުއްގިރި މައްސަލާގައި އޭސީޕީ ރިޔާޒް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަނީ
Raajje

ފުއްގިރި މައްސަލާގައި އޭސީޕީ ރިޔާޒް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަނީ

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުން ފަސްކޮށް, އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ކޯޓަށް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ. ޔާމީނަށް ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގެ ހެކިބަސް ނެގުމުގެ […]

ޔާމީންގެ މައްސަލާގެ ޝަރީއަތް މިމަހު ސުޕްރީމް ކޯޓުން ބާއްވަނީ
Raajje

ޔާމީންގެ މައްސަލާގެ ޝަރީއަތް މިމަހު ސުޕްރީމް ކޯޓުން ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުގައި އާ ހެކިތައް ބަލައިނުގަތުމަށް އެންގި މައްސަލާގެ ޝަރީއަތް މި މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި އިއްވި […]

ފުއްގިރީގެ މައްސަލާގައި ޔާމީންގެ ދިފާއުގައި ނަރީޝް ހެކިބަސް ދޭން ހާޒިރެއްނުވި
Raajje

ފުއްގިރީގެ މައްސަލާގައި ޔާމީންގެ ދިފާއުގައި ނަރީޝް ހެކިބަސް ދޭން ހާޒިރެއްނުވި

ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ދެކޮޅު ހަދައިފި އެވެ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ނަރީޝްގެ އިތުރުން އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ދިފާއީ ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފަ […]

އެންމެ އަނިޔާވެރި އެންމެ ބޮޑު ޚިޔާނާތްތެރިޔަކީ ޔާމީން: ފަލާހް
Raajje

އެންމެ އަނިޔާވެރި އެންމެ ބޮޑު ޚިޔާނާތްތެރިޔަކީ ޔާމީން: ފަލާހް

އެންމެ އަނިޔާވެރި އެންމެ ބޮޑު ޚިޔާނާތްތެރިޔަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)އިން ބާއްވާ ފްރަންޓް އޮފީސް ޖަލްސާތަކުގައި ޔާމީން ގެންދަވަނީ މި ސަރުކާރަށާއި، ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން ޚިޔާނާތާއި، މަޖިލީހަށާއި ކޯޓުތަކަށް ނުފޫޒު ފ...

ޔާމީނަކީ މަކަރުވެރި ޚިޔާނާތްތެރިއެއް، އިންސާފް އަރާ ހަމަކުރާނެ: ފަލާހް
Raajje

ޔާމީނަކީ މަކަރުވެރި ޚިޔާނާތްތެރިއެއް، އިންސާފް އަރާ ހަމަކުރާނެ: ފަލާހް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ މަކަރުވެރި ޚިޔާނާތްތެރިއެއްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ، ރައީސް ޔާމީން އިސް އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރޮންޓް އޮފީސް ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން ރަށްދު ދެއްވަމުންނެވެ. އެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އަ...

ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
Raajje

ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް، އަބްދުالله ޔާމީނަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް […]

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
Raajje

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން […]