އެކަތިގަނޑެއްގެ ގޮތުގައި ތިބެފިނަމަ 2028 ޕީއެންސީއަށް އެއްބުރުން ކާމިޔާބު ކުރެވޭނެ: ފަލާހު
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީ އޮތީ ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތު...